Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

އިތުރު 48 މީހަކު ޕޮޒިޓިވްވެ ސިއްހީ މާހިރުންގެ ކަންބޮޑުވުން އިތުރުވަނީ!

14 ޖެނުއަރީ 2021 | ބުރާސްފަތި 18:04

25 މީހަކު ބަލިން ރަނގަޅުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2021 | ބުރާސްފަތި 18:04
މާލެ ސަރަޙައްދުން ކޮވިޑުގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން

މާލެ ސަރަޙައްދުން ކޮވިޑުގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން

ރާއްޖެއިން އިތުރު 48 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް އިތުރު 48 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 25 މީހަކު ބަލިން ރަނގަޅު ވެފައިވެއެވެ.

Advertisement - newsAdvertisement

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3314 ސާމްޕަލްއެއް ނަގާފައިވާއިރު 19 މީހަކު މާލެސިޓީން ޕޮޒިޓިވްވެފައިވެއެވެ. އަތޮޅުތެރޭގެ ރަށްރަށުން 15 މީހަކު ހިންގަމުންދާ ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

806 އެކްޓިވް ކޭސް ހިމެނޭއިރު، 58 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން 14،325 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 13،463 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލީގައި 49 މީހަކު މަރުވެފައިވެއެވެ.

ކޮވިޑް-19ގެ ކޭސްތައް މަދުވުމާއި ގުޅިގެން ބޮޑެތި ތުއިތަކެއް މިއަހަރު ފެށުނު ހިސާބުން ފެށިގެންވަނީ ދީފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. ރާއްޖޭގެ ހާލަތާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރުން ކަންބޮޑުވާ ކަމަށާއި، ކޭސްތައް މަދުވާއިރަށް މާސްކް އަޅާ މީހުން މަދުވުމާއި ގައިދުރުކަން ބަހައްޓަން ޖެހޭކަން ހަނދާންނެތޭ މީހުން ގިނަ ކަމަށެވެ. އަދި އެކިއެކި ޚިދުމަތްތައްދޭ ފިހާރަތަކާއި، ކެފޭ އަދި ރެސްޓައުރެންޓް ފަދަ ތަންތަނަށް އެކަށީގެންވާ އަދަދަށްވުރެ އިތުރަށް މީހުން ވަދެ ފުނިގެންޖެހިގެން ޚިދުމަތް ހޯދާ މަންޒަރު ވަރަށް ގިނައިން ފެންނަމުންދާ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ އާންމު ހާލަތަށް ދިރިއުޅުން ގެންދެވޭނީ ވެކްސިން އާބާދީގެ ބޮޑު ބަޔަކަށް ދެވި އޭގެ ސަބަބުން ރައްކާތެރިކަމެއް ލިބޭ ހިސާބުން ކަމަށެވެ. ވެކްސިން ލިބެންދެން ބަލި އިތުރަށް ފެތުރަނަށް ނުދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު ދެވިފައިވާ ލުއިތަކާއެކު ކުރިއަށް ދިއުމަށް އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް