Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހައްޔަރުކުން

ގާސިމް ދޫކޮށްލުމަށް ގޮވާލާ މާމިގިލީގައި މިއަދުވެސް މުޒާހަރާކޮށްފި

މުޒާހަރާގައި މާމިގިލި ހުރިހާ ރައްޔަތުން ކަހަލަގޮތަކަށް ބައިވެރިވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 28 އެޕްރީލު 2017 | ހުކުރު 19:59
ގާސިމް ދޫކޮށްލުމަށްގޮވާލާ މާމިގިލީގައި މިއަދު ކުރި މުޒާހަރާ

ގާސިމް ދޫކޮށްލުމަށްގޮވާލާ މާމިގިލީގައި މިއަދު ކުރި މުޒާހަރާ

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލައި މާމިގިލީގައި ހުކުރު ދުވަހުވެސް މުޒާހަރާކޮށްފި އެވެ.

ގާތްގަނޑަކަށް ތިން ހާސް މީހުންގެ އާބާދީއެއް އޮންނަ، މާމިގިލީގައި ކުރި ބޮޑު މުޒާހަރާގައި، އެ ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރިވި ކަމަށް މާމިގިލީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުފީދު މަޢުލޫމާތުދެއްވިއެވެ. އެއާޕޯޓެއް އަދި ވަށައިގެން ޓޫރިސްޓް ރިސޯޓްތައް އޮންނަ މާމިގިލީގައި ފަށާފައިވާ މުޒާހަރާ ހުއްޓާލާނީ، މުފީދު ވިދާޅުވި ގޮތުގައި ގާސިމް ދޫކޮށްލުމުންނެވެ.

ގާސިމްގެ މައްޗަށް ގިނަ ތުހްމަތުތަކެއްކޮށް، އަދި އޭނާއަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށް ބުނެ 15 ދުވަހަށް ދޫނިދޫގައި ހައްޔަރުކޮށްފައިވާއިރު، މާމިގިލީގައި ކުރި މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އެއީ އެއްވެސް އަސްލެއް ނެތް ސިޔާސީ ތުހްމަތުތަކެއް ކަމަށެވެ. އެހެންވެ، ވަގުތުން ވަގުތަށް ގާސިމް ދޫކޮށްލަން ގޮވާލި އެވެ.

މި މުޒާހަރާގައި ބައިވެރިވެ ވަޑައިގެން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ގާސިމް އަރިހަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށާއި، އެ މަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއި ހިތްވަރާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގެ އެ ކުޑަ ގޮޅިގައި އޮންނަވަން ފަސޭހަފުޅު ނުވާނޭކަމަށާއި، އެމަނިކުފާނު ކުރައްވާ އިހުސާސްތައް ކިޔައިދޭން ތަންކޮޅެއް އުނދަގޫކަމަށެވެ.

"އެމަނިކުފާނު ޖަލުގައި އޮންނަވައިގެން އެ ދައްކަވަނީ، ދިވެހި ރައްޔިތުންދެކެ އެމަނިކުފާނު ލޯބިފުޅުވާ މިންވަރު. އެމަނިކުފާނު ޖަލުގައި އޮންނެވީ ދިވެހިންގެ ހައްގުގައި." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވިގޮތުގައި ގާސިމް އެ ކުރައްވާ މަސައްކަތްޕުޅަކީ، ގައުމަށް މިއަދު ދިމާވެފައިވާ މުސީބާތަަކުން ސަލާމަތް ކުރުމަށް ކުުރައްވާ މަސައްކަތްޕުޅެކެވެ. އެމަނިކުފާނަކީ މުދަލާއި ފައިސާވެރި ބޭފުޅެއްކަމަށާއި އެހެނިހެން މުއްސަނދީން ފަދައިން މި ގައުމު ދޫކުރައްވާ އަރާމު ދިރިއުޅުމެއް އުޅެއްވޭނެފަދަ ތަނަވަސްކަން ގާސިމްގެ ހުރިކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުކުރައްވަ އެމަނިކުފަނުގެ ހުރިހާ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރައްވާ މިގައުމުގައި ދިރިއުޅުއްވުމަކީ، ދިވެހި ރައްޔިތުންނަށް ޓަކައި އެމަނިކުފާނު ކުރައްވާ ކަމެއްކަމަށް ސަމީރު ވިދަޅުވިއެވެ.

ސަމީރު ވިދާޅުވިގޮތުގައި، މި އަނިޔާވެރިކަމުގައި ރައީސް ޔާމީނަށް މާގިނަ ދުވަހެއް ދެން ނެތެވެ. އަދި މަޖިލީހުގެ ތެރެއިން ދާދި އަވަހަށް ރައީސް ޔާމީނު ތައުޒީރުކޮށް ގެއަށް ފޮނުވާލާނޭކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ، އެކަމަށް ބޭނުންވާ އަދަދު މިހާރު ހަމަވެ، 47 މެންބަރުންގެ ސޮއިވަނީ ލިބިފައެވެ.

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފެނުމަކީ ވެސް އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް ކޯޓް އަމުރުގައިވެ އެވެ.

ގާސިމް ހައްޔަރުކުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

މަސީހުގެ ވޯޓާ ދިމާކޮށް ރައްޔިތުން މާލެ އެރުމަށް ގޮވާލާ ގަރާރެއް އެމްޑީޕީން ފާސްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު