Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެނި ދުވާ ޓްރެކް ހުޅުވުން

އެކުވެނި ސިންތެޓިކް ޓްރެކް އަންގާރަ ދުވަހުގެރޭ ރަސްމީކޮށް ހުޅުވަނީ

ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ އައު އަހަރާ ދިމާކޮށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 11 ޖެނުއަރީ 2021 | ހޯމަ 06:20
އެކުވެނި ސިންތެޓިކް ޓްރެކުގެ މަސައްކަތް ރައީސް ޞާލިޙް ބައްލަވާލައްވަނީ

އެކުވެނި ސިންތެޓިކް ޓްރެކުގެ މަސައްކަތް ރައީސް ޞާލިޙް ބައްލަވާލައްވަނީ

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު، ޓްރެކް ރަސްމީކޮށް އަންގާރަ ދުވަހުގެރޭ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ އައު އަހަރާ ދިމާކޮށެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއެކު ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ވަނީ އެ ޓްރެކުގައި ފަރިތަކޮށްފައެވެ. އަދި ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ އެކުވެނި ސިންތެޓިކް ޓްރެކަށް ޒިޔާރަތްކުރައްވާފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ އަންގާރަ ދުވަހުގެރޭ ރަސްމީކޮށް ޓްރެކް ހުޅުވާއިރު، އެތުލެޓިކްސްގެ ހަރަކާތްތަކަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، ކްރިކެޓުގެ އިވެންޓެއްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދުވާ ޓްރެކް ރަަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސް ޞާލިޙް ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ނިންމައި ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. މި ޓްރެކް ތަރައްގީކުރުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑު އެހީއެއް ވެފައެވެ.

މާލޭ އެކުވެނި ދުވާ ޓްރެކަކީ ކުރިން ފުޓްބޯޅަ ކުޅެން ބޭނުންކުރި ދަނޑެކެވެ. ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް އެ ދަނޑުގައި ވަނީ ކުޅެފައެއެވެ. ޑރ. މުޙައްމަދު ޒާހިރު ހުސައިން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ އެކި ދަނޑުތަކުގައި ވިނަ ހެއްދުމަށް ފެށި ޕްރޮގްރާމާއެކު، ޓްރެކް ދަނޑުގައިވެސް އޭރު ވިނަ ހައްދާ ތަރައްގީކުރީ 1990 ގެ އަަހަރުތަކުގައެވެ.

މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އައު ސިންތެޓިކް ޓްރަކާއެކު އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅިއިރު، މީގެ ކުރިން ހުޅުމާލޭގައި ވަނީ ސިންތެޓިކް ޓްރެކެއް ގާއިމުކޮށްފައެވެ. އެއާއެކު އެތުލެޓިކްސް މުބާރާތްތައް ބޭއްވުމަށާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ތަމްރީނުކުރުމަށް ބޭނުންކުރަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
26 ޖޫން 2017

ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

26 ޖޫން 2017
ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި
12 ޖޫން 2017

ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ

12 ޖޫން 2017
ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
29 މެއި 2017

ރަމަޟާން ވެޓެރެންސް ކަޕް އަންގާރަ ދުވަހު ފަށަނީ

29 މެއި 2017
ރަމަޟާން ވެޓެރެންސް ކަޕް އަންގާރަ ދުވަހު ފަށަނީ
12 މެއި 2017

މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް

12 މެއި 2017
މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު