Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް ކާޑް ލިމިޓް

ކާޑުތަކުން ރާއްޖޭން ބޭރުގައި މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލެއް ނުގެންނަން: ބީއެމްއެލް

10 ޖެނުއަރީ 2021 | އާދީއްތަ 10:17

ރާއްޖެއިން ބޭރުގައި ކޮންމެ ކާޑަކަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 ޖެނުއަރީ 2021 | އާދީއްތަ 10:17
ބީއެމްއެލް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅާފައި

ބީއެމްއެލް ކާޑުތަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅާފައި

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެ ކަމަށް ބޭންކު އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށެވެ.

އެހެންކަމުން މިހާރު ދައުރުވަމުންދާ ޕްރެސް ރިލީޒްއަކީ ބީއެލްއެމްގެ ރަސްމީ ބަހެއް ނޫން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުން ކުރެވޭނީ 750 ޑޮލަރެވެ. ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތް ކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރެވެ.

މިއީ ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށާއި ރާއްޖެއިން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖެއިން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަން ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށް ވެސް މަޖުބޫރު އެހެނަސް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއްކަމުގައި ބޭންކުން ވަނީ ހާމަކޮށްފައެވެ.

މިއަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެއެވެ. މި ގޮތުން ދުވާލަކަށް 3000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެއެވެ.

ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވައިގެން އެޚިދުމަތަށް ލިބުމަށް ބޭންކުން މިހާރުވަނީ މަގުފަހިކޮށްދީފައެވެ.

އެގޮތުން އިންޓަރނެޓް ބޭންކިންގެ ސަރވިސް ޓައިޕް މެނޫގައި ހިމެނޭ 'ޓެމްޕޮރަރީ ކާޑް ލިމިޓް' ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހެޅޭނެ ކަމަށާއި، ލިބޭ ހުށަހެޅުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް އަންގާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އަދި ހަމައެހެންމެ މިހާރެކޭ އެއްގޮތަށް ކޮލެޖް، ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެއެވެ.

ބޭންކުން ބުނެފައިވަނީ މި ބަދަލާ ގުޅިގެން ބޭންކުގެ 95 އިންސައްތަ ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށެވެ.

އަދި ހަމަ އެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ވަގުތީ ފިޔަވަޅެއް ކަމަށާއި، ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ ކަމަށްވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

އިތުރަށް ކިޔާލަން

10 އެޕްރީލު 2023

އަންދާޒާކުރި އަދަދަށްވުރެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިއްޖެ

10 އެޕްރީލު 2023
އަންދާޒާކުރި އަދަދަށްވުރެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިއްޖެ
25 ފެބުރުއަރީ 2023

ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު

25 ފެބުރުއަރީ 2023
ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު
16 ސެޕްޓެމްބަރު 2022

އުރީދޫ ޕާސްޕޯޓް ސިމް ކާޑުތަކުން 90 އިންސައްތައާ ހަމައަށް ޑިސްކައުންޓް

16 ސެޕްޓެމްބަރު 2022
އުރީދޫ ޕާސްޕޯޓް ސިމް ކާޑުތަކުން 90 އިންސައްތައާ ހަމައަށް ޑިސްކައުންޓް
22 އޯގަސްޓު 2022

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި 

22 އޯގަސްޓު 2022
ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި 
10 މެއި 2022

މެދުއިރުމަތީގެ އެންމެ ބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

10 މެއި 2022
މެދުއިރުމަތީގެ އެންމެ ބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ
17 އޮކްޓޯބަރު 2021

ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްކުރެވޭ އަދަދު 750 ޑޮލަރަށް ބޮޑުކޮށްފި

17 އޮކްޓޯބަރު 2021
ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމާލާތްކުރެވޭ އަދަދު 750 ޑޮލަރަށް ބޮޑުކޮށްފި
17 ސެޕްޓެމްބަރު 2020

ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދުތަކެއް ކަނޑައެޅީ ވަގުތީ ގޮތުން މަޖުބޫރުވެގެން: ބީއެމްއެލް

17 ސެޕްޓެމްބަރު 2020
ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދުތަކެއް ކަނޑައެޅީ ވަގުތީ ގޮތުން މަޖުބޫރުވެގެން: ބީއެމްއެލް
16 ސެޕްޓެމްބަރު 2020

ބީއެމްއެލް ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް ކަނޑައަޅައިފި

16 ސެޕްޓެމްބަރު 2020
ބީއެމްއެލް ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުތަކެއް ކަނޑައަޅައިފި
27 ނޮވެމްބަރު 2017

ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!

27 ނޮވެމްބަރު 2017
ކަނޑުމަހުގެ އަގު ރާއްޖޭން ބޭރުގެ ބާޒާރުގައި ވަނީ ދަށްވެފައި!
03 އޯގަސްޓު 2017

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް