Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރު ގައުމުތަކާއެކު އަސްކަރީ ހަރަކާތްތައް ބޭއްވުން

އަސްކަރީ މުއާމަލާތްތަކުގެ މައްސަލަ: ކުރީގެ ޑިފެންސް މިނިސްޓަރާއި އިބްރާހީމް ދީދީއާ ދެމެދު ޤާނޫނީ ބަހުސެއް

5 ޖެނުއަރީ 2021 | އަންގާރަ 23:41

ބޭރު ގައުމުތަކާއެކު ރާއްޖެއިން އަސްކަރީ މުއާމަލާތްތައް ހިންގަންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް އާދަމް ޝަރީފް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖެނުއަރީ 2021 | އަންގާރަ 23:41
ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހީމް ދީދީ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް

ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހީމް ދީދީ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް

ބޭރުގެ ގައުމުތަކާއެކު އަސްކަރީ ހަރަކާތްތަކާއި އެއްބަސްވުންތައް ހަދާ ހިންގަމުންދާއިރު އެކަން ހިނގަނީ ޤާނޫނުގެ ތެރެއިންތޯ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އާދަމް ޝަރީފު އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރ ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ އާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުގެ ގައުމުތަކާއެކު އަސްކަރީ ހަރަކާތްތަކާއި އެއްބަސްވުންތައް ހަދާ ދިވެހި ފަސްގަނޑުގައި އެމީހުންނާއެކު ތަމްރީނުތައް ބާއްވާއިރު އެކަމުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރެވެންޖެހޭނެކަމަށެވެ. އެއީ އެމެރިކާ، އިންޑިޔާ ނުވަތަ ޗައިނާ ވިޔަސް އެކަން އެގޮތަށް ކުރަން ޖެހޭނެކަމަށް އާދަމް ޝަރީފް ވިދާޅުިއެވެ. އަދި ބޭރު ގައުމުތަކާއެކު ރާއްޖެއިން އަސްކަރީ މުއާމަލާތްތައް ހިންގަންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން އިސްލާމީ ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އިންޑިޔާ ކަނޑުގެ ހަމަޖެހުން ގާއިމުކުރުމުގައި ދިވެހިންގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ގޮތަކަށް ކަމަށެވެ. މިހާރު ސަރުކާރުން ހިންގަމުންދާ އަސްކަރީ މުއާމަލާތްތަކުގައި މިކަންކަން ކަށަވަރު ކުރޭތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

އާދަމް ޝަރީފުގެ މިޓްވީޓަށް ޖަވާބު ދެއްވަމުން ކުރީގެ މެމްބަރ އިބްރާހީމް ދީދީ ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހިންގުމަށް މުޅި މަޖިލީހުގެ އިއްތިފާގު ބޭނުންވާނެކަމަށް ޤާނޫނު އަސާސީގައިވާ ކަމަށެވެ.

ޤާނޫނު އަސާސީގެ 251 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެންނުވާނެ ކަމަށެވެ.

މިކަމަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ޤާނޫނު އަސާސީގައި ބަޔާންވެގެން ވަނީ އެހެން ނޫންކަމަށެވެ.

އެކަމަށް ޖަވާބު ދެއްވަމުން އިބްރާހީމް ދީދީ ވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައިވާ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ގުޅޭ މާއްދާ ހިއްސާކުރައްވާފައެވެ.

އެމާއްދާގެ ފ ގެ 1 ގައި ބުނަނީ ބޭރު ޤައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއެކު ރާއްޖެއިންވާ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިމާޒެއް އުފުލާން ނުޖެހޭބާވަތުގެ އާންމު އެއްބަސްވުންތަކުގައި ސޮއިކުރުމެވެ.

ރާއްޖޭގައި އަސްކަރީ ބޭސް އެއް އޮންނަކަމަށާއި މިސަރުކާރުން ބޭރުގެ ފަރާތްތަކާއި ގުޅިގެން އަސްކަރީ ހަރަކާތްތަކެއް ބާއްވަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ. އެކަމާއި ގުޅިގެން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް