Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޖީ އޮފީހުގެ ތަފާސްހިސާބުތައް

މިދިޔަ އަހަރު އޭޖީ އޮފީހުން އެންމެ ގިނަ ލަފާ ދީފައިވަނީ އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ގޮތުން

ބިލް ތަސްދީގު ކުރުމާއި ގުޅޭ ގޮތުން 34 ލަފާދީފައިވާއިރު އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން 267 ލަފާދިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2021 | އާދީއްތަ 07:50
އެޓަރނީ ޖެނެރަލް އޮފީސް

އެޓަރނީ ޖެނެރަލް އޮފީސް

މިދިޔަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީހުން އެންމެ ގިނަ ލަފާ ދީފައިވަނީ އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ގޮތުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޭޖީ އޮފީހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ލަފާ ހޯދުމަށްޓަކައި ޖުމްލަ 842 މައްސަލައެއް ހުށަހަޅާފައިވާއިރު 841 ކަމަކާއި ގުޅޭ ގޮތުން މިދިޔަ އަހަރު ލަފާ ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެތެރެއިން ބިލް ތަސްދީގު ކުރުމާއި ގުޅޭ ގޮތުން 34 ލަފާދީފައިވާއިރު އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން 267 ލަފާ ވަނީ ދީފައެވެ. ޤަވާއިދުތަކާއި ގުޅޭ ގޮތުން 102 ލަފާ ދީފައިވާއިރު އުސޫލުތަކާއި ގުޅޭ ގޮތުން 40 ލަފާ ވަނީ ދީފައެވެ. އަދި މުއާހަދާތަކާއި ގުޅޭ ގޮތުން 7 ލަފާ ދީފައިވާއިރު އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން 391 ލަފާ ވަނީ ދީފައެވެ.

މިދިޔަ އަހަރު އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައިވަނީ އެއީ ހުރިހާ ގޮތަކުންވެސް ދަތި އުނދަގޫވި ދުވަސްވަރެއް ކަމަށެވެ. އެގޮތުން މަސައްކަތްތައް އައު ގޮތްތަކަކަށް ބައްޓަން ކުރަން ޖެހުނު ކަމަށާއި ޤާނޫނީ ލަފާ ދިނުމާއި މައްސަލަތަކާ ގުޅިގެން މުވައްޒަފުން ކުރި މަސައްކަތަށް ވެސް ތަޢުރީފު ޙައްޤު ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުން ގިނަ މައްސަލަތަކަށް ލަފާ ދީފައިވާއިރު މިދިޔަ އަހަރު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) ޤާއިމުކޮށް ހިދުމަތް ދޭން ފަށާފައެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށްދިނުމާއި އެކަމާބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު