Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް

"ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް" ގައި ބައިވެރިވާ ފަންނާނުން ދައްކާލައިފި

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސްގައި މަޝްހޫރު 8 ފިލްމީ ތަރިން ފެނިގެންދާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2021 | ހޮނިހިރު 14:22
ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ޝޯވގެ ޕްރެޒެންޓަރ އަލީ ސީޒަން އަދި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއޯއޯ އެއްބަސްވުމުގައި ސޮއި ކުރަނީ

ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ޝޯވގެ ޕްރެޒެންޓަރ އަލީ ސީޒަން އަދި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއޯއޯ އެއްބަސްވުމުގައި ސޮއި ކުރަނީ

ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ރިއަލެޓީ ޝޯވ "ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް"ގައި ބައިވެރިވާ ފަންނާނުން ދައްކާލައި، ފަންނާނުންނާއިއެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ރާއްޖެ ޓީވީއިން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ނިންމާފައިވާ ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭހުގައި މަޝްހޫރު 8 ފިލްމީ ތަރިން ފެނިގެންދާނެއެވެ. އަދި މި ޝޯވ ހުށަހަޅައިދޭނީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނައި މަޝްހޫރު ފިލްމީތަރި އަލީ ސީޒަނެވެ. މި ޝޯވ ހުށަހަޅައިދިނުމުގައި ސީޒަނާއިއެކު ބައިވެރިވާނީ ރާއްޖޭޓީވީގެ ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރް ސަލީމެވެ.

Advertisement - newsAdvertisement

މި ޝޯވގައި ބައިވެރިވާ ފަންނާނުންނަކީ، މުހައްމަދު މަނިކު، ޖުމާ، ޝެރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، ޖާދުﷲ، ޝިފާ އަދި އާޝާއެވެ.

މި 8 ތަރިންނާއިއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެޓީވީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޝޯވ ހުށަހަޅައިދޭ އަލީ ސީޒަނާއިއެކު ވެސް ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

ރާއްޖެޓީވީގެ ޑެޕިއުޓީސީއޯއޯ ނާޒްމީ ސައީދު ވިދާޅުވީ، ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް އަކީ ރާއްޖޭގެ މީޑިއާއަކުން މިހާތަނަށް ގެނަސްދޭނެ އެންމެ ވަރުގަދަ ޝޯވ ކަމަށާއި، މި ޝޯވ އަކީ ކުރިޔަށް އޮތް ރަމަޟާން މަހު ރާއްޖޭގެ މީޑިއާއަކުން ގެނަސްދޭނެ އެންމެ ވަރުގަދަ ޝޯވ ކަމާއިމެދު ޝައްކު ނުކުރާ ކަމަށެވެ. އަދި މި ޝޯވގައި ބައިވެރިވި ފަންނާނުންނަށް ނާޒްމީ ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ޝޯވ ހުށަހަޅައިދޭ އަލީ ސީޒަން ބުނީ މި ޝޯވ އަކީ މިހާތަނަށް ރާއްޖޭގައި އުފައްދާފައި ނެތް ގޮތަކަށް އުފައްދާ ޝޯވ އެއް ކަމަށާއި، މި ޝޯވ ހޯސްޓު ކުރުމަށް ބޭނުންވީ ރާއްޖެ ޓީވީ އާއި އެސް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ޝޯވ އަކަށް ވުމުން ކަމަށެވެ. ސީޒަން އިތުރަށް ބުނީ މިއީ ޗެލެންޖިންގ ޝޯވ އެއް ކަމަށާއި، މިއީ ރާއްޖޭގެ ޓީވީ ޗެނަލަކުން އުފައްދާ އެންމެ މަސައްކަތް ބުރަ ޝޯވއަށް ވެގެންދާނެ ކަމަށާއި، މި ޝޯވ އާއި މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި މި ޝޯވ އަކީ މި ރޯދަމަހު ރާއްޖޭގެ ޗެނަލަކުން ދައްކާނެ އެންމެ ވަރުގަދަ ޝޯވ އަށް ވެގެންދާނެ ކަމަށް ޝީޒަން ބުންޏެވެ.

މި ޝޯވގައި ބައިވެރިވާ ފަންނާނުން ބުނީ މިޝޯވ އާއި މެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށާއި، މިއީ އައު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށެވެ. އަދި ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ކާމިޔާބު ކުރުމަށް ކެތް މަދުވެފައިވާ ކަމަށް ފަންނާނުން ވަނީ ބުނެފައެވެ.

ޕްރިސްޓަރ އޮއިލްގެ ހޮސްޓް އަދި ރާއްޖެޓީވީގެ ޕްރޮގްރާމްސް އެންޑް ކޯރޑިނޭޝަން އާމިރް ސަލީމް ވިދާޅުވީ ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް މި ޝޯވ އަކީ ކުރިޔަށް އޮތް ރޯދަ މަހު ދެއްކުމަށް ރާއްޖެ ޓީވީއިން އެސް ޕްރޮޑަކްޝަންސް އާއި ގުޅިގެން އުފައްދާ ރިއަލިޓީ ޝޯވއެއް ކަމަށާއި، މި ޝޯވގެ ޝޫޓިންގތައް ކުރިޔަށްދާނީ 11 ފަޅު ރަށެއްގައި ކަމަށެވެ. އަދި މި ޝޯވ ކުރިޔަށްދާނީ ސަވައިވަލް ޝޯވއެއްގެ ގޮތުގައި ކަމަށް އާމިރް ވިދާޅުވިއެވެ. އާމިރް އިތުރަށް ވިދާޅުވީ މި ޝޯވ އަކީ މި ކޮންސެޕްޓަށް އުފައްދާ ފުރަތަމަ ޝޯވ ކަމަށާއި އެހެންކަމުން މި ޝޯވ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މީގެ އިތުރުން އާމިރް ވަނީ ރާއްޖެޓީވީގެ ނަމުގައި މި ޝޯވގެ ސްޕޮންސަރުންނަށް ޝުކުރުއަދާ ކުރައްވާފައެވެ.

މި ޝޯވގެ ޓައިޓަލް ސްޕޮންސަރަކީ މެރިން ޕަވަރގެ ޕްރިސްޓޯ އޮއިލްއެވެ. ކޯ ސްޕޮންސަރުންނަކީ އޫރިދޫ މޯލްޑިވްސް، ސީގިޔަރ، ސުޒުކީ މޮޓޯ ސައިކަލް އަދި މިފްކޯގެ ފަސްމީރެވެ. ޕްރިންޓިނގ ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އެސް ޕްރޮޑަކްޝަންއެވެ. ސްޕޮންސަރުންގެ ގޮތުގައި މި ޝޯވގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ރާއްޖެޓީވީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު