Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރުގެ މައްސަލަ: ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

29 ޑިސެމްބަރު 2020 | އަންގާރަ 18:00

ސިއްރު ނޫން ހުރިހާ ހެކިވެރިންގެ ހެކިބަސް ވަނީ ނަގާ ނިންމާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 ޑިސެމްބަރު 2020 | އަންގާރަ 18:00
އަނަސްގެ މަރުގެ މައްސަލައިގައި އެންމެފަހުން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

އަނަސްގެ މަރުގެ މައްސަލައިގައި އެންމެފަހުން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އަނަސްގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ބުދަ ދުވަހުގެ 10:00އަށެވެ.

Advertisement - newsAdvertisement

އެންމެފަހުން އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މި ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ވަނީ ސިއްރު ނޫން ހެކިވެރިންގެ ތެރޭގައި ހިމެނޭ މޫސާ ސިލްވީނުގެ ހެކިބަސް ނަގާފައެވެ. މޫސާ ސިލްވީނަކީ މި މައްސަލައިގައި ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރެއްވި ފޮރެންސިކް އޮފިސަރެކެވެ.

އެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައި މައްސަލައިގައި ހެކިބަސް ދެއްވަމުން ސިލްވީނު ވިދާޅުވީ، ފުރަތަމަ "ކްރައިމް ސީނަށް" ވަޑައިގެންނެވިއިރު، ލިޓަސް ސާރވިސް ސެންޓަރުގެ ގަރާޖު ތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށާއި، އެތަނުގެ ކައިރީގައި ދެ ފައިވާން ކިބައާއި، ތަޅުދަނޑިއެއްގެ އިތުރުން ލޭ ހޭކިފައި އޮތް ރިހި ފަށެއް އޮތް ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ތަކެތީގެ ތެރެއިން މާއްދީ ހެކިތަކެއް ފެނުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ދިފާއީ ވަކީލުވެސް ވަނީ ސީންއަށް ދިޔައިރު ފާހަގަވި ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ސީންއަށް ދިއުމަށްޓަކައި ގަރާޖު ތެރެއަށް ވަތް ގޮތާއި، އެތެރޭގައި ހުރި ބިއްލޫރި ދޮރުތަކުން އެތެރެއަށް ވަތް ގޮތާމެދު ދިފާއުން ވަނީ ހެކިވެރިޔާއާ ސުވާލު ކޮށްފައެވެ. އަދި ސީނުން މާއްދީ ހެކި ނަގާފައިވާއިރު، ސީން ރައްކާތެރި ކުރެވިފައި އޮތީ ކިހާ ވަރަކަށްތޯ ދިފާއީ ވަކީލު އާދަމް އާސިފް ސުވާލު ކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، އެ ސަރަޙައްދު ސީދާ ޓޭޕް ދަމައި ކޯރޑަން ކޮށްފައި ނުވި ނަމަވެސް، އެ ތަނުގައި އެވަގުތު ފުލުހުން ޙަރަކާތްތެރި ވަމުން ދިޔަ ކަމަށެވެ.

ސީނުން ނަގާފައިވާ މާއްދީ ހެކިތަކާ ގުޅޭގޮތުންވެސް ދިފާއީ ވަކީލު އާސިފް ސުވާލު ކުރެއްވިއެވެ. އެގޮތުން ނެގުނު މާއްދީ ހެކިތަކުން ދައުވާ ލިބޭ ފަރާތްތަކުގެ ފިންގަރ ޕްރިންޓް ނުވަތަ ޑީއެންއޭ ހުރިތޯ ބެލުމަށް ފޮނުވިތޯ އާސިފް ސުވާލު ކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، މާއްދީ ހެކިތައް ނެގުމަށްފަހު އެތަކެތި ފިންގަރ ޕްރިންޓާއި ޑީއެންއޭ ހޯދުމަށް ފޮނުވި ކަމަށެވެ.

އޭގެ އިތުރުން، ތަޅުދަނޑިފައްޗެއް ފެނުނުކަން ފާހަގަ ކޮށްފައިވާއިރު، އެ ތަޅުދަނޑިފަތި ހޯދީ ކްރައިމް އޮފް ސީން އޮފިސަރެއް ނޫން ކަމަށްވާއިރު، އެކަން ހިނގައިދިޔަ ގޮތާ ގުޅޭގޮތުން އާސިފް ސުވާލުކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، ތަޅުދަނޑިފަތި ނެގީ އެތަނުގައި ހުރި އިންވެސްޓިގޭޓިވް އޮފިސަރ (އައިއޯ) ކަމަށެވެ.

މި މައްސަލައިގައި ސިލްވީންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ސިއްރު ނޫން ހުރިހާ ހެކިވެރިންގެ ހެކިބަސްތައް މިހާރު މިވަނީ ނަގާ ނިންމާފައެވެ. އެގޮތުން މި މައްސަލައިގައި މީގެ ކުރިން ވަނީ ސިއްރު ނޫން 3 ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޖުނައިޙް އަބްދުﷲ ގެ ލޮލުގެ ބޭސްފަރުވާގެ ކަންކަން ރާއްޖެއިން ބޭރުން ކުރިއަށް ގެންދިއުމަށް ޑޮކްޓަރުންވެސް ލަފާ ދީފައިވާއިރު، އޭނާ މިހާރު ހުރީ ފުރުމުގެ ކުރިން މާލޭ ޖަލުގައި ބަހައްޓާފައެވެ. އެހެންނަމަވެސް އޭނާގެ ޓްރެވަލް ޑޮކިއުމަންޓެއް ނެތުމުގެ ސަަބަބުން ފުރުން ލަސްވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ ސިއްރު ނޫން ހެކިންގެ ހެކިބަސް ނަގާ ނިމިފައިވުމާއެކު، ބަންދަށް ލުއެއް ދިނުމަށް އެދިފައެވެ. އެގޮތުން ބަންދު މުރާޖައާ ކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވިދާޅުވީ، ސިއްރު ނޫން ހެކިންގެ ހެކިބަސް ނެގިފައިވާ ކަމަށާއި، ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް ޑިސެމްބަރު މަހު އަޑުއެހުމެއް ބާއްވާނެކަމަށެވެ. އަދި މި ވަގުތު ބަންދުގައި ބަހައްޓަންޖެހޭ ބައެއް ސަބަބުތައް ހުރުމާއެކު ބަންދު އަމުރު ދެމެހެއްޓެވި ނަމަވެސް، މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށް ބާރު އަޅުއްވާނެކަމަށް އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް