Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހިތްވަރުދިނުމުގެ ގައުމީ އިނާމު

ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް

27 ޑިސެމްބަރު 2020 | އާދީއްތަ 04:28

މި ފަސް ބޭފުޅުންނަކީ ކުޑަ އައްޔަ، ފުކޫ، އިއްބަޑޭ، ޝުޖާއު އަދި ޢާޡިމް

އަތޫފް އާތިފް
އަތޫފް އާތިފް | 27 ޑިސެމްބަރު 2020 | އާދީއްތަ 04:28
ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ)

ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) | ރައީސް އޮފީސް

ކުޅިވަރުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ފަސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

މި އިނާމު ރައީސް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

1. އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ)

ރާއްޖޭގެ އެއް ނަންބަރު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އަށް މި އިނާމު ލިބިވަޑައިގެންނެވީ މޫދު ކުޅިވަރު އާލާކޮށް ތަރައްގީކުރުމުގެ ރޮނގުންނެވެ. އުމުރުން އެންމެ 12 އަހަރުގައި މަޅުގަނޑުގައި ރާޅާއަޅަން ފެށި ކުޑަ އައްޔަ ވަނީ ބައިނަލްއަގުވާމީ އެތައް މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށްފައެވެ. މީގެ އިތުރުން ކުޑަ އައްޔައަކީ މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަނުގެ ކޯ ފައުންޑަރެވެ.

2. އަބްދުﷲ އަރީފް (ފުކޫ)

އަބްދުﷲ އަރީފް އެންމެ ފުރަތަމަ މޫދު ކުޅިވަރު ނުވަތަ ރާޅާ އެޅަން ފެށީ އުމުރުން އެންމެ ހަ އަހަރުގައެވެ. ފުކޫ އެންމެ ފުރަތަމަ ރާޅާ އަޅަން ފެށީ މަޅުގަނޑުގައެވެ. މިހާރު މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަނުގެ ރައީސްކަން ކުރައްވަމުން އަންނަ ފުކޫ ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ރާއްޖޭގެ ބޮޑީބޯޑަރުން ފޮނުވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. ހަމައެހެންމެ ގައުމީ ބޮޑީބޯޑިންގ ޓީމެއް އެކުލަވާލާފައިވަނީ ފުކޫގެ ރައީސްކަމުގެ ދަށުން މި އަހަރުއެވެ.

3. އިބްރާހީމް ހުސައިން (އިއްބަޑޭ)

އިބްރާހީމް ހުސައިން (އިއްބަޑޭ) ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މޫދު ކުޅިވަރު ކުރިއެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ފަރާތެކެވެ. އެގޮތުން އެންމެ ފުރަތަމަ އިއްބަޑޭ ފެނިގެން ގޮސްފައިވަނީ ޑައިވިރެއްގެ ގޮތުގައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ފްލައިބޯޑް ޕްރޮފެޝަނަލް ލެވަލްއެއްގައި ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ކުރެއްވިއެވެ. އަދި ފްލައިބޯޑުގެ ބައިނަލްއަގުވާމީ އެތައް މުބާރާތެއްގައި ރާއްޖެ ވަނީ ތަމްސީލުކޮށްފައެވެ. އިއްބަޑޭ އަކީ ހައިޑްރޯފްލައިޓުގެ ދުނިޔޭގެ ހަތަރުވަނައިގައި ރޭންކް ކުރެވިފައިވާ އެތުލީޓެވެ.

4. ޝުޖާއު ސަލީމް

ކުޅިވަރުގެ ދާއިރާއަށް ޝުޖާއު ސަލީމް ވަދެވަޑައިގެންނެވީ 1988 ވަނަ އަހަރު ސޯލް އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ދިން ހިތްވަރުންނެވެ. އެ ހިސާބުން ގައުމީ އެތުލެޓިކްސް ޓީމާއި ގުޅިވަޑައިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ޝުޖާއުއަށް ވަނީ ލިބިފައެވެ. އާންމުންގެ ތެރެއަށް ޝުޖާއު ފާހަގަވެގެން ގޮސްފައިވަނީ ކުޅިވަރުގެ ދާއިރާއިން ކުދިން ތަމްރީނުކުރި ކޯޗެއްގެ ގޮތުގައެވެ. އެގޮތުން ތަފާތު އެކި ކުޅިވަރުތަކުގެ ކޯޗުކަން އޭނާ ވަނީ ކޮށްދެއްވާފައެވެ.

5. ޔޫސުފް ޢަޡީމް

ޔޫސުފް ޢަޡީމަކީ ފުޓުބޯޅަ އަދި އެތުލެޓިކްސްއިން ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯއްދަވާ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ވަނީ ކުޅުއްވާފައެވެ. މިހާރު ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ކުޑަކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް އޭނާ އަންނަނީ ހިންގަމުންންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް