Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގ ޕޫލް އާންމުންނަށް ހުޅުވާލުން

ފީ ނަގައިގެން ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ދޫކުރަން ނިންމައިފި

24 ޑިސެމްބަރު 2020 | ބުރާސްފަތި 06:57

ދިވެހިންގެ މެންބަޝިޕް ފީ އަކީ މަހަކު 1،500 ރުފިޔާ ނުވަތަ ދުވާލަކު 150 ރުފިޔާ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 24 ޑިސެމްބަރު 2020 | ބުރާސްފަތި 06:57
ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ސްވިމިންގ ޕޫލް

ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ސްވިމިންގ ޕޫލް

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދާދީ ފަހުން ހަވާލުކުރެވުނު ހުޅުމާލޭ ސްވިމިންގ ޕޫލް ފީ ނަގައިގެން އާންމުންނަށް ދޫކުރަން ނިންމައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން އާންމުކުރި ދެންނެވުމެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން މިހާރު ބަލަހައްޓަމުންގެންދާ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ސްވިމިންގ ޕޫލް މެންބަޝިޕް އުސޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އާންމު ދިވެހިންގެ މެންބަޝިޕް ފީ އަކީ މަހަކު 1،500 ރުފިޔާ ނުވަތަ ދުވާލަކު 150 ރުފިޔާ ކަމަށެވެ. އަދި މި އަގު ދައްކައިގެން ޕޫލް ބޭނުން ކުރެވޭނީ ދުވާލަކު އެއް ގަޑިއިރު ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ބިދޭސީންގެ މެންބަޝިޕް ފީ އަކީ މަހަކު 3،000 ރުފިޔާ ނުވަތަ ދުވާލަކު 300 ރުފިޔާ ކަމަށާއި، މިއީ ދުވާލަކު އެއް ގަޑިއިރު ބޭނުން ކުރެވޭ ފީއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޕޫލް ބޭނުންކުރާ އެންމެންވެސް ޕޫލް ބޭނުންކުރުމުގެ އުސޫލުތަކަށް އަމަލުކުރަންވާނެ ކަމަށާއި، ޕޫލް ބޭނުންކުރަން ފުރުސަތު ދޭނީ ނަން ނޯޓުކުރާ ތަރުތީބުން ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ. އަދި އާންމު ފަރާތްތަކަށް ޕޫލް ބޭނުންކުރުމުގެ ފުރުސަތު ދެވޭނީ، ފެތުމުގެ ގައުމީ ސްކޮޑުތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައި ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން ހުކުރު ދިވަހާއި ހޮނިހިރު ދުވަސް ހާއްސަކޮށްފައިވަނީ އާއިލާތަކަށާއި، ގުރޫޕުތަކަށް ކަމަށާއި، އާއިލާތަކަށާއި ގްރޫޕުތަކަށްވެސް ޕޫލް ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމަށްފަހު ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި މުބާރާތް ފަދަ އިވެންޓުތައް ބޭއްވުމަށްވެސް ޕޫލް ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް