Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ދަ ގްރާންޑޭ އާއި ސަސްގެ ކުރިމަތިލުން އެއްވަރު

ދަ ގްރާންޑޭ އާއި ސަސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2020 | އާދީއްތަ 13:44
ދަ ގްރާންޑޭ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ދަ ގްރާންޑޭ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ދެ ޓީމަށްވެސް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި ދަ ގްރާންޑޭގެ ޚައިދަރޯފް އޮޓަބެކަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ސަސްގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލިއިރު، މި ހަމަލާވެސް ސަސްގެ ގޯލްކީޕަރު ދިފާއުކުރިއެވެ.

ފުރަތަމަ ހާފުގައި ލީޑު ނަގަން އެންމެ ހުސް ފުރުސަތުތަކެއް ލިބުނީ ސަސްގެ ޔޫސުފް ޖުނައިދު ޒާހިރަށެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ގޯލު ކުރީމަތީގައި ހުހަށް ހުރެ ޖުނައިދު ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައިވެސް ޖުނައިދަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދަ ގްރާންޑޭއިންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި އުމަރުޔޯނޯފް އަކްރޯރް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޭރިއާ ތެރެއިން ދަ ގްރާންޑޭގެ ޚައިދަރޯފަށް ސަސްގެ އަޙްމަދު އައިހަމް ފައުލް ކުރުމުން ދަ ގްރާންޑޭއަށް ވަނީ ލީޑު ފުޅާކުރަން ޕެނަލްޓީއެއްވެސް ލިބިފައެވެ. އެކަމަކު ޚައިދަރޯފް ފޮނުވާލި ޕެނަލްޓީ ސަސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ސަސްއިން މެޗުގައި ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާނުގެ ފޯވާޑް އަޓްސުޝީ ޔޮނެޒޭވާއެވެ.

މި މެޗު ދަ ގްރާންޑޭއިން ނިންމާލީ އެއް ކުޅުންތެރިޔަކި މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ ޑިފެންޑަރު އަޙްމަދު ސައިޒާނަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މެޗަށްފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ ކުރީ މެޗެކޭ އެއްގޮތަށް މި މެޗުގައިވެސް ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެކަމަކު މެޗުން މޮޅެއް ނުލިބުނީ ހެދުނު ބައެއް ގޯސްތަކުގެ ސަބަބުންނާއި ނަތީޖާ ނަގަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.

ސަސްގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ މި މެޗުން ޕޮއިންޓެއް ލިބުނީތީ ހިތްހަމަޖެހޭ ކަމަށެވެ. އަދި އެ ޓީމުގެ ބިދޭސީ ފޯވާޑް އަނިޔާގައި އުޅޭތީ ނުލައި ކުޅެން ޖެހުމުން ދަތިތަކެއް ކުރިމަތިވާ ކަމަށާއި، އެއާއެކުވެސް މެޗުން ޕޮއިންޓެއް ލިބުނީ ކުޅުންތެރިންގެ ހިތްވަރުން ކަމަށްވެސް ނާދު ބުންޏެވެ.

އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ އާއި ސަސް އެއްވަރުވިއިރު، މި ދެ ޓީމަށްވެސް މިހާތަނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން ދަ ގްރާންޑޭ އާއި ސަސް ވެސް ވަނީ މޮޅެއް ހޯދާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު