Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ދެވަނަ ބުރުގައި ބާސާ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް

14 ޑިސެމްބަރު 2020 | ހޯމަ 14:10

މިއީ 2017 ވަނަ އަހަރުގެ މާޗު މަހަށްފަހު ބާސާ އާއި ޕީއެސްޖީ ބައްދަލުކުރާނެ ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޑިސެމްބަރު 2020 | ހޯމަ 14:10
2017 ވަނަ އަހަރުގެ މާޗު މަހުގައި ބާސާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

2017 ވަނަ އަހަރުގެ މާޗު މަހުގައި ބާސާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާ އާއިި ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރު ނެގުން ކުރިއަށްދިޔައީ ހޯމަ ދުވަހުގެ ހަވީރުއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސާ އާއި ޕީއެސްޖީ ބައްދަލުކުރާއިރު، މިއީ 2017 ވަނަ އަހަރުގެ މާޗު މަހަށްފަހު މި ދެ ޓީމު ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ. އެ ފަހަރުވެސް މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެ ފަހަރު ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 4-0 ން ބަލިވެފައިވަނިކޮށް، ދެވަނަ ލެގުގައި ބާސާ ވަނީ ޕީއެސްޖީ އަތުން 6-1 އިން މޮޅުވެ، ކުއާޓާއިން ޖާގާ ހޯދައި، ޗެމްޕިއަންސް ލީގުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އެއާ އެކު ބާސާ ވެފައިވަނީ ފުރަތަމަ ލެގުން 4-0 ން ބަލިވެފައިވަނިކޮށް، ދެވަނަ ލެގުގައި އެ ނަތީޖާ އަނބުރާލި ފުރަތަމަ ޓީމަށެވެ.

އޭގެ ފަހުން ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިޔަން ޔޫރޯއަށް ބްރެޒިލުގެ ތަރި ނޭމާ ބާސާ ދޫކޮށް ޕީއެެސްޖީއަށް ބަދަލުވިއިރު، މި ފަހަރުގެ މެޗުތައް ވެގެންދާނީ ބާސާއާ ދެކޮޅަށް ނޭމާ ނުކުންނަ ފުރަތަމަ މެޗަށެވެ.

މީގެ އިތުރުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީ ބައްދަލުކުރަން ޖެހުނީ އެތުލެޓިކޯ މެޑްރިޑާއެވެ. އަދި ލިވަޕޫލާއި އާރްބީ ލެއިޕްޒީގް ބައްދަލުކުރާއިރު، ރެއާލް މެޑްރިޑް ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ލާޒިއޯއާ ދެކޮޅަށް ނުކުންނައިރު، ޔުވެންޓަސް ބައްދަލުކުރާނީ ޕޯޓޯއާއެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީން ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ނުކުންނައިރު، ސެވިއްޔާ ނުކުންނާނީ ބުރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ކުޅޭއިރު، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗު މަހުގައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް