Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ޓީސީގެ ތައްޔާރީތައް

ޒުވާން ސްކޮޑަކާއެކު ނުކުތުމަކީ ބޮޑު ޗެލެންޖެއް: ޝާޒްލީ

10 ޑިސެމްބަރު 2020 | ބުރާސްފަތި 14:36

ޓީސީގެ ސްކޮޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ޑިސެމްބަރު 2020 | ބުރާސްފަތި 14:36
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ކުރިއަށް އޮތް ދިރާގު ދިވެހި ޕްރިމިއާ ލީގަށް ޒުވާން ސްކޮޑަކާއެކު ނުކުތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

އައު ސީޒަނާ ކުރިމަތިލާއިރު ޓީސީގެ ސްކޮޑަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ކުލަބު ވެލެންސިއާއަށް ބަދަލުވެފައިވާއިރު، އެ ޓީމުގެ ކެޕްޓަން އަޙްމަދު ފައްރާހު (ފައްރަ) ވަނީ ފަސް އަހަރު ފަހުން އެ ޓީމު ދޫކޮށް ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެފައެވެ. އަދި މިދިޔަ ސީޒަނުގައި އެ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ބަދަލުވެފައެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާޒްލީ ބުނީ ޓީސީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށާއި، އެހެން ނަމަވެސް މި ފަހަރު ޓީސީ ފެންނާނީ ތަންކޮޅެއް ތަފާތު ގޮތަކަށް ކަމަށެވެ. އެއީ މިދިޔަ އަހަރު ނިންމާލިއިރު ތިބި ވަރަށް ގިނަ ސީނިއާ ކުޅުންތެރިން ޓީމުގައި ނެތުމުން ކަމަށާއި، ޓީމުގައި މި ތިބީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ކަމަށެވެ. އެހެންކަމުން ބޮޑު މުބާރާތަކަށް ނުކުންނައިރު ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަމަށާއި، ޒުވާން ގިނަ ކުޅުންތެރިންނާއެކު ޕްރިމިއާ ލީގުގައި ވާދަކުރަން ނުކުތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށްވެސް ޝާޒްލީ ބުންޏެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިން ނެތްތަން ދެއްކުމުގެ ފުރުސަތު އޮންނާނެެ ކަމަށާއި، އެކަމަކު ތަމްރީނުތަކާއި ޓީމުގައި ތިބި ކުޅުންތެރިންގެ މަސައްކަތަށް ބަލާއިރު ޓީމާ ދޭތެރޭ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށްވެސް ބުންޏެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޓީސީގެ ކެޕްޓަން މުޙައްމަދު އައްޒާމް ބުނީ މި ސީޒަނަށް ކުރިއާލާ ތައްޔާރުވާން ފެށުނު ކަމަށާއި، ސީޒަނާ ކުރިމަތިލާއިރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ޕްރީ-ސީޒަނުގައި ރަނގަޅު މެޗުތަކެއް ކުޅެވުނު ކަމަށާއި، ޓީމާ ދެތޭރޭ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް އައްޒާމް ބުންޏެވެ. އަދި ލީގުގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ޓީސީގައި ހިމެނޭ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ ކަމަށްވާ އައްޒާމް ބުންޏެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގައިވެސް ވާދަކުރި ޓީސީން އައު ސީޒަނާ ޒުވާން ސްކޮޑަކާއެކީ ކުރިމަތިލާއިރު، ލީގުގައި ޓީސީން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ދުވަހު ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް