Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެލެގްރީ ޕްރިމިއާ ލީގަށް

އެލެގްރީގެ ޝައުގު ޕްރިމިއާ ލީގަށް

5 ޑިސެމްބަރު 2020 | ހޮނިހިރު 14:03

މިދިޔަ އަހަރު ޔުވެންޓަސްއިން ވަކިވި އެލެގްރީ އަދި ޓީމަކާ ހަވާލުވެފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޑިސެމްބަރު 2020 | ހޮނިހިރު 14:03
ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ

ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް އިރުޝާދުދޭން ބޭނުންވާ ކަމަށް އިޓަލީގެ މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

ޔުވެންޓަސްއަށް އިޓާލިއަން ލީގު ފަސް ފަހަރު ކާމިޔާބުކޮށްދިނުމަށްފަހު 2018-2019 ވަނަ އަހަރުގެ ސީޒަން ނިމުމުން އެ ޓީމުން ވަކިވި އުމުރުން 53 އަހަރުގެ އެލެގްރީ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ. މީގެ ކުރިން އިނގިރޭސި ބަސް ދަސްކުރަން އެލެގްރީ ފެށިއިރު، އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެލެގްރީ ބުނީ އިނގިރޭސި ބަސް ދަސްކުރުމުގައި މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޕްރިމިއާ ލީގަކީ މި ވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ލީގު ކަމަށާއި، އެހެންކަމުން ކެރިއަރުގައި ޕްރިމިއާ ލީގު ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށްވެސް އެލެގްރީ ބުންޏެވެ.

އެލެގްރީ ހީދުމުގެ ރޭހުގައި އެންމެ ކުރީގައި އުޅޭ އެއް ކުލަބު ކަމަށްވާ ޔުނައިޓެޑުން، އެ ޓީމުގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަރަށް އަވަހަށް މަގާމުން ވަކިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ މެނޭޖުމަންޓުން ސޯލްޝެއާ ވަކިކޮށް އައު ކޯޗެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނައިރު، އެލެގްރީގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށްވެސް އެ ކުލަބުން އަންނަނީ ފާރަލަމުންނެވެ.

އޭސީ މިލާނަށް 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީގެން ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އެލެގްރީ ވަނީ މިލާނުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. މި މުއްދަތުގައި އޭނާ ވަނީ މިލާނަށް އިޓާލިއަން ލީގުގެ އިތުރަށް އިޓާލިއަން ސުޕަ ކަޕުވެސް ކާމިޔާބުކޮށްދީފައެވެ.

އޭގެ ފަހުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ފަސް ސީޒަން އެލެގްރީ ހޭދަކުރިއިރު، މި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް އިޓާލިއަން ލީގު ފަސް ސީޒަނުގައިވެސް ހޯދައިދީފައެވެ. އަދި އޭގެ އިތުރަށް އޭނާ ވަނީ ޔުވެންޓަސްއަށް އިޓާލިއަން ކަޕް ހަތަރު ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްދީފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް