Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެންސަރ ހޮސްޕިޓަލްގެ މަސައްކަތް

ކެންސަރ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ފަށަނީ!

ކެންސަރ ހޮސްޕިޓަލަށް ބަޖެޓުގައި ފައިސާ ވަނީ ހިމަނާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ޑިސެމްބަރު 2020 | ބުރާސްފަތި 18:45
ހައްދުންމަތީގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގަންނަވާ ރައީސް ވާހަކަފުޅުދައްކަވަނީ

ހައްދުންމަތީގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގަންނަވާ ރައީސް ވާހަކަފުޅުދައްކަވަނީ

ސަރުކާރުގެ ސިއްހީ ހިދުމަތް ތަރައްގީކޮށް ލާމަރުކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގައި ގާއިމްކުރާ ފުރަަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގަންނަވާ، އެ ރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ތިން ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އަޅާ ކެންސަރު ހޮސްޕިޓަލާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ ތެރޭގައި، ކެންސަރ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ މިއަދުގެ ވިސްނުމަކީ، އެ ހޮސްޕިޓަލް، ލ. އަތޮޅު ގަމުގައި އެޅުން ކަމަށެވެ.

ލ. ގަމުގައި ކެންސަރ ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙިމް އަމީރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްވަވަމުން މިނިސްޓަރ ވިދާޅުވީ، ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ލ. ގަމުގައި ކެންސަރ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު ކަމަށެވެ.

އެގޮތުން މި މަޝްރޫއު ވެގެންދާނީ ކެންސަރާއި، އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލް ފުރަތަމަ އެޅުމަށް ނިންމީ ހުޅުމާލޭގައެވެ. އެކަން ހާމަކޮށްފައިވަނީ ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާއާއި ރާއްޖެއާއި ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވެފައިވަނީ އެ ގައުމުން ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކެންސަރުގެ ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯދީ ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަަށް ނިންމާފައިވާ އިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު