Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޯވިޑް-19

ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 64 މިލިއަނުން މައްޗަށް

މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 64,546,368

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 ޑިސެމްބަރު 2020 | ބުރާސްފަތި 03:05
ކޮވިޑް ޖެހިފައިވާ ބަޔަކަށް ކޮވިޑް ފެސިލިޓީއެއްގައި ފަރުވާދެނީ

ކޮވިޑް ޖެހިފައިވާ ބަޔަކަށް ކޮވިޑް ފެސިލިޓީއެއްގައި ފަރުވާދެނީ

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 64 މިލިއަނުން މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފަހުން އާންމުކޮށްފައިވާ ކޮވިޑް-19 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 64,546,368 (ފަސްދޮޅަސް ހަތަރު މިލިއަން ފަސް ލައްކަ ސާޅީސް ހަ ހާސް ތިންސަތޭކަ ފަސްދޮޅަސް އަށެއް) އެވެ. އަދި މި ބަލީގައި 1,493,975 (އެއް މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ނުވަސަތޭކަ ހަތްދިހަ ފަހެއް) މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 44,740,606 (ސާޅީސް ހަތަރު މިލިއަން ހަތްލައްކަ ސާޅީސް ހާސް ހަސަތޭކަ ހަ) މީހުންނެވެ.

މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮޒިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 14,154,963 (ސާދަ މިލިއަން އެއްލައްކަ ފަންސާސް ހަތަރު ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ތިން) މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 277,792 (ދެލައްކަ ހަތްދިހަ ހަތް ހާސް ހަތްސަތޭކަ ނުވަދިހަ ދެ) މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އަވައްޓެރި އިންޑިޔާއިންނެވެ. އެޤައުމުން މިހާތަނަށް 9,531,109 (ނުވަ މިލިއަން ފަސް ލައްކަ އެއްތިރީސް ހާސް އެއްސަތޭކަ ނުވަ) މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 138,627 (އެއްލައްކަ ތިރީސް އަށްހާސް ހަސަތޭކަ ހަތާވީސް) މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ތިންވަނައަށް އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބްރެޒިލުންނެވެ. އެޤައުމުން މިހާތަނަށް 6,396,754 (ހަ މިލިއަން ތިންލައްކަ ނުވަދިހަ ހަ ހާސް ހަތްސަތޭކަ ފަންސާސް ހަތަރެއް) މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 173,979 (އެއްލައްކަ ހަތްދިހަ ތިންހާސް ނުވަ ސަތޭކަ ހަތްދިހަ ނުވަ) މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މީގެ އިތުރުންވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިލިއަނަކުން މައްޗަށް އުޅޭ ގައުމުގެ ތެރޭގައި، ރަޝިއާ، ފްރާންސް، ސްޕެއިން، އާޖެންޓީނާ އަދި ކޮލޮމްބިއާ ހިމެނެއެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު