Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން

އިލެކްޝަންސް ކޮމިޝަނަށް އެސޯސިއޭޝަންތަކުގެ އިންތިޚާބު ބޭއްވޭނެ: ޓޮމް

1 ޑިސެމްބަރު 2020 | އަންގާރަ 10:23

އިލެކްޝަނުން އިންތިޚާބުތައް ބޭއްވުމަށް އެސޯސިއޭޝަނުގެ އަސާސީ ގަަވާއިދަށް ބަދަލުގެންނަން ޖެހޭނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 1 ޑިސެމްބަރު 2020 | އަންގާރަ 10:23
މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ތޯރިގް (ޓޮމް)

މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ތޯރިގް (ޓޮމް)

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ގައުމީ އިންތިޚާބާ ބެހޭ މައި އިދާރާ އިލެކްޝަންސް ކޮމިޝަނުން ބޭއްވިދާނެ ކަމަށާއި، އެހެން ނަމަވެސް ޤާނޫނުގައި އެ މާއްދާ ހިމަނަން ވާނީ އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު އެގޮތަށް ބަދަލުކޮށްގެން ކަމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަންވެސް ކުރެއްވި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަނުގެ އިންތިޚާބުތަކުގައި މައްސަލަތައް އުފެދޭ ކަމަށާއި މިނިވަންކަމާއެކު އިންތިޚާބުތައް ކުރިއަށްނުދާ ވާހަކަ އަބަދުވެސް އަޑުއިވޭ ކަމަށެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުން ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރު ޖަމުޢިއްޔާތަކުން ބޮޑެތި ބަޔާންތައް ނެރި ވަކިގޮތަކަށް ކަންކަން ދިމާވެދާނެ ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި، އެހެންކަމުން އެކަން ހިނގާގޮތް ބަލާލިއިރު، ފީފާއިން ގައުމުތައް ސަސްޕެންޑް ކުރަނީ އެ އެސޯސިއޭޝަނެއްގެ އެތެރޭގެ ކަންތައްތަކެއްގެ ސަބަބުން ކަމަށާއި، ކުޅިވަރު އެސޯސިއޭޝަނެއް ސަސްޕެންޑް ކޮށްގެން ފީފާއަށް ވާނެ ފައިދާއެއް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ ބައެއް ހާލަތްތަކުގައި ފީފާއިން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި، އެގޮތުން އެފްއޭއެމުގެ ކުރީގެ ރައީސް އިލްހާމް އަޙްމަދުގެ ދައުރުގައި ފީފާއިން އެޅި ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އޭރުގެ އެފްއޭއެމުގެ ރައީސް އިލްހާމަށް ޖަވާބުދާރީވުމަށްވެސް އެކަށީގެންވާ ފުރުސަތުވެސް ފީފާއިން ނުދޭކަން ފާހަގަކުރައްވާ ޓޮމް ވިދާޅުވީ ފީފާއާ ގުޅުން އޮންނަ ބާރުގަދަ ފަރާތްތަކުން، އެ ފަރާތްތަކުން ބޭނުންނަމަ އެގައުމެއް ސަސްޕެންޝަނަކަށް ގެންދިޔުމަކީ ފަސޭހަ ކަމެއް ކަމަށެވެ.

ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ޓޮމް ވިދާޅުވީ ފީފާއިން ގައުމެއް ސަސްޕެންޑްކޮށްފައި ބާއްވަން ބޭނުން ނުވާނެ ކަމަށާއި، އެކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފީފާ އަކީ އެއްވެސް ބައުންޑަރީއެއް، އަމިއްލަ ފުޓްބޯޅަ ދަނޑެއް އަދި ޓެރަޓަރީއެއް އޮންނަ ތަނެއް ނޫން ކަމަށާއި، އެހެން ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގޮތް ކިޔާނީ ފީފާއިން ކަމަށެވެ. ޑިމޮކްރަސީ އާއި ބީރައްޓެހި އަދި އެފްއޭގެ ރައީސް އައްޔަންކުރާ ގައުމެއް ކަމަށްވާ ޗައިނާ ސަސްޕެންޑްކޮށްގެން ގެއްލުންވާނީ ކޮންބަޔަކަށްތޯ ޓޮމް ސުވާލުކުރެއްވިއެވެ.

ފީފާ އަދި އޭއެފްސީންވެސް އެއްވެސް ގައުމެއްގެ ހެޑް އޮފް ސްޓޭޓާ މައްސަލަ ޖެހި، އެގައުމެއްގެ ފުޓްބޯޅައަށް ގެއްލުންވާނެ ކަމެއް ކުރަން ބޭނުން ނުވާނެ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުތަކުން ސީދާ ނުފޫޒު ފޯރުވާ އެފްއޭގެ ރައީސެއް ދުރުކުރުން ފުރުސަތެއް ނުދޭނެ ކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެސޯސިއޭޝަންތަކުގެ އިންތިޚާބުގެ މަސްއޫލިއްޔަތު ހަވާލު ކުރެވޭނެ ކަމަށާއި، އެހެން ނަމަވެސް އެކަން ފުރަތަމަ ކުރަންވީ ޖަމުޢިއްޔާތަކުގެ އަސާސީ ގަވާއިދަށް އެ ބަދަލުގެނެސް، ހުރިހާ އެސޯސިއޭޝަނެއްގެ އަސާސީ ގަވާއިދަށް އެއް އުސޫލެއް ގެނައުމުން ކަމަށްވާއިރު، އެގޮތް ގަބޫލުނުކުރެވިގެން އުޅެނީ އެސޯސިއޭޝަންތައް ހިންގަން މި ވަގުތު ތިބި ފަރާތްތަކަށް ކަމަށެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް މައިގަނޑު ފަސް ބަޔަކަށް ބަހާލާފައިވާއިރު، އެ ފަސް ބައި ހިމެނޭ ގޮތަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. މި އިސްލާހުތަކުގެ އިބުތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށާފައިވާއިރު، މަޖިލީގެ ގިނަ މެމްބަރުން ވަނީ އިސްލާހުތަކައް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2020

ކުޅިވަރު ކުރިއެރުވުމާއި ބެހޭގޮތުން ނައިބު ރައީސް ކުޅިވަރި އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ މަޝްވަރާކުރައްވައިފި

10 ފެބުރުއަރީ 2020
ކުޅިވަރު ކުރިއެރުވުމާއި ބެހޭގޮތުން ނައިބު ރައީސް ކުޅިވަރި އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ މަޝްވަރާކުރައްވައިފި
08 ފެބުރުއަރީ 2020

ބެޑްމިންޓަންގެ އިންތިޚާބު މިމަހު 24 ގައި، ރައީސް ކަމަށް މޫސަ އެކަނި

08 ފެބުރުއަރީ 2020
ބެޑްމިންޓަންގެ އިންތިޚާބު މިމަހު 24 ގައި، ރައީސް ކަމަށް މޫސަ އެކަނި
05 ފެބުރުއަރީ 2020

އެފްއޭއެމްގެ އިންތިޚާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް

05 ފެބުރުއަރީ 2020
އެފްއޭއެމްގެ އިންތިޚާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް
03 ފެބުރުއަރީ 2020

ސެންޓްރަލް ޒޯން ފޮނަދޫގައި ބޭއްވޭނެ ކަމުގެ އުންމީދެއް ނެތް: މިނިސްޓަރ މަހުލޫފް

03 ފެބުރުއަރީ 2020
ސެންޓްރަލް ޒޯން ފޮނަދޫގައި ބޭއްވޭނެ ކަމުގެ އުންމީދެއް ނެތް: މިނިސްޓަރ މަހުލޫފް
09 އޮކްޓޯބަރު 2019

ވޮލީ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު މި މަހު 24 ގައި

09 އޮކްޓޯބަރު 2019
ވޮލީ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ އިންތިޚާބު މި މަހު 24 ގައި
15 ފެބުރުއަރީ 2019

ވިކްޓްރީން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވޭނެ: އެފްއޭއެމް

15 ފެބުރުއަރީ 2019
ވިކްޓްރީން އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވޭނެ: އެފްއޭއެމް
15 ޑިސެމްބަރު 2018

ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޑިސެމްބަރު 2018
ވިކްޓްރީގެ އިންތިޚާބު މި މަހު 22 ގައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 އޮކްޓޯބަރު 2018

ގައުމީ ޓީޓީ މުބާރާތް ބޭއްވޭނެ ކަމާމެދު ސުވާލު އުފެއްދިއްޖެ

11 އޮކްޓޯބަރު 2018
ގައުމީ ޓީޓީ މުބާރާތް ބޭއްވޭނެ ކަމާމެދު ސުވާލު އުފެއްދިއްޖެ
17 ޖެނުއަރީ 2018

ފެސްޓިވަލެއްގެ ސިފައިގައި ނޫނީ 12 އަހަރުން ދަށުގެ މުބާރާތެއް ދެން ނުބޭއްވޭނެ

17 ޖެނުއަރީ 2018
ފެސްޓިވަލެއްގެ ސިފައިގައި ނޫނީ 12 އަހަރުން ދަށުގެ މުބާރާތެއް ދެން ނުބޭއްވޭނެ
01 ޖުލައި 2017

ސޯޝަލް ސެންޓަރުގައި ހުރި އެސޯސިއޭޝަންތަކުގެ އޮފީސްތައް އަދި ހޯލުތައް ހުސްކުރަން އަންގައިފި

01 ޖުލައި 2017
ސޯޝަލް ސެންޓަރުގައި ހުރި އެސޯސިއޭޝަންތަކުގެ އޮފީސްތައް އަދި ހޯލުތައް ހުސްކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް