Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާނުގެ އިސް ނިއުކްލިއަރ ސައިންސްވެރިޔާ މަރާލުން

ސައިންސްވެރިޔާގެ މަރާ ގުޅިގެން އިރާނުން ބަދަލު ހިފާނެ ކަމުގެ އިންޒާރު

މުހުސިން މަރުވެފައި ނިރުބަވެރިން ދީފައިވާ ހަމަލާއެއްގައި

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2020 | ހޮނިހިރު 11:46
އިރާންގެ ރައީސް ހަސަން ރޫހާނީ

އިރާންގެ ރައީސް ހަސަން ރޫހާނީ

އިރާންގެ އިސް ނިއުކްލިއަރ ސައިންސްވެރިޔާ މުހުސިން ފަޚްރިޒާދަށް ހުކުރު ދުވަހު ހަމަލާދީ މަރާލި މީހުންނަށް ރައްދުގައި ހަމަލާ ދޭނީ އެކަމަށް އެންމެ އެދެވިގެންވާ ވަގުތު އައިސް ޖެހުމުން ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ފަޚްރިޒާދު މަރުވެފައި ވަނީ އޭނާގެ ހަތަރު ބޮޑީގާޑުންނާ ނިރުބަވެރިންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކަށްފަހު، ލިބުނު ޒަހަމްތަކާއި ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި މައްސަލައާއި ގުޅިގެން އެ ގައުމުގެ ރޫހާނީ ލީޑަރުގެ މިލިޓަރީ އެޑްވައިޒަރ ހުސެއިން ދެހެގަންވެސް ވަނީ ހަމަލާދިން މީހުންނަށް "ގުގުރީގެ ބާރުގައި" ރައްދު ދޭނެ ކަމުގެ އިންޒާރުދެއްވާފައެވެ. އެ ގައުމުގެ ހާރިޖިއްޔާއިން މި ހަމަލާ ސިފަކުރީ މުޅި ދައުލަތާ ދެކޮޅަށް ދެވުނު ހަމަލާއެއްގެ ގޮތުގައެވެ.

އިރާނުން ތުހުމަތު ކުރަނީ ފަޚްރިޒާދަށް ހަމަލާދިނީ އިޒްރޭލުން ކަމުގައެވެ. ސަބަބަކީ މުހުސިންއަކީ އިޒްރޭލުން އަވަހާރަ ކުރަން ބޭނުންވާ މީހުން ލިސްޓުގައި އެންމެ ކުރީގައި އޮތީ އޭނާ ކަމަށްވާތީއެވެ. ނަމަވެސް އިޒްރޭލުން މިހާތަނަށް މި މައްސަލައިގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އީރާންގެ އެތައް ނިއުކްލިއަރ ސައިންސްވެރިންނެއް ވަނީ މަރާލާފައެވެ. އަދި މި ހުރިހާ ފަހަރުތަކުގައިވެސް މި ހަމަލާތަކުގެ ޒިންމާ އިޒްރޭލުގެ ބޮލުގައި އެޅުވިނަމަވެސް، އެ ގައުމުން އެ ވާހަކަތައް ދޮގުކުރެއެވެ.

ފަޚްރިޒާދަކީ ކުރިން އިރާންގެ އަސްކަރިއްޔާގައި މަސައްކަތް ކުރި އޮފިސަރެކެވެ. ހުޅަނގުގެ ގައުމުތަކުން ފަހްރިޒާދު ސިފަކުރަނީ އިރާންގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމުގައި އެންމެ އިސްކޮށް އުޅުއްވާ ފަރާތުގެ ގޮތުގައެވެ.

އެގޮތުން 2018 ވަނަ އަހަރު ހާމަވެފައިވާ އިޒްރޭލުގެ ސިއްރު ލިޔުންތަކުން އެނގޭ ގޮތުގައި އީރާނުގައި ނިއުކްލިއަރ ޕްރޮގްރާމްތައް ހިންގުމުގައި އެންމެ އިސް ފަރާތަކީ މުހުސިންއެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ އީރާނުގެ ނިއުކްލިއަަރ ޕްރޮގްރާމުގެ ވެރިޔަކީ މުހުސިން ކަމަށް 2018 ވަނަ އަހަރު ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު