Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

އާސެނަލް، ލެސްޓާ، ރޯމާ އަދި ހޮފެންހެއިމް ދެވަނަ ބުރަށް

27 ނޮވެމްބަރު 2020 | ހުކުރު 06:51

އާސެނަލް މޮޅުވީ މޯލްޑް އަތުން 3-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ނޮވެމްބަރު 2020 | ހުކުރު 06:51
މޯލްޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 3-0 ން

މޯލްޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 3-0 ން

ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހު އާސެނަލް، ލެސްޓާ ސިޓީ، ރޯމާ އަދި ހޮފެންހެއިމް ބާކީ ދެ މެޗު އޮއްވައި ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ގްރޫޕް ބީގައި ހިމެނޭ އާސެނަލް މޮޅުވީ މޯލްޑް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މޯލްޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ރީސް ނެލްސަން އާސެނަލަށް ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޮލަރިން ބަލޮގަންއެވެ.

މި މޮޅާއެކު ސައްތަ އިން ސައްތަ ރިކޯޑު ދެމެހެއްޓި އާސެނަލް އޮތީ ގްރޫޕް ބީގެ އެއްވަނައިގައި ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މޯލްޑަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ޑަންޑަލްކް އަތުން 3-1 ން މޮޅުވި ރެޕިޑް ވިއެނާ ތިންވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ޑަންޑަލްކަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ދެވަނަ ބުރުގެ ޖާގައެއް ލެސްޓާ ކަށަވަރުކުރީ ގްރޫޕް ޖީގައި ބުރާސްފަތި ދުވަހުގެރޭ ބްރާގާއާ 3-3 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.

ބްރާގާގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އަލީ މުސްރަތީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ލެސްޓާއަށް ނަތީޖާ އެއްވަރުކޮށްދިނީ ހާވީ ބާންސްއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޕައުލީނިއޯ ބްރާގާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައިވަނިކޮށް، މެޗުގެ 79 ވަނަ މިނެޓުގައި ލެސްޓާއިން ނަތީޖާ އެއްވަރުކުރީ ލޫކް ތޯމަސް ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ރޮޑްރިގޭޒް ބާބޯސާގެ ލަނޑުން ބްރާގާއިން އަނެއްކާވެސް ލީޑު ނަގާފައިވަނިކޮށް، މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ހުއްޓަ ޖޭމީ ވާޑީ ވަނީ ލެސްޓާއަށް މެޗުގައި ތިންވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ދެވަނަ ބުރުގެ ޖާގައެއް އެއްވަނައިގައި އޮތް ލެސްޓާ ކަށަވަރުކުރީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބްރާގާއަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ބުރާސްފަތި ދުވަހުގެރޭ އެތަންސް އަތުން 3-0 ން ޒޯރްޔާ މޮޅުވިއިރު، ތިންވަނައިގައި އޮތް އެތަންސް އާއި ހަތަރުވަނައިގައި އޮތް ޒޯރްޔާއަށް ހަތަރު ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ގްރޫޕް އޭގައި ހިމެނޭ ރޯމާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ބުރާސްފަތި ދުވަހުގެރޭ ކްލޫޖް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ކްލޫޖުގެ ދަނޑުގައި ކުޅުނު މި މެޗުގައި ރޯމާއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑަކީ ކްލޫޖުގެ ގަބްރިއެލް ޑެބެލްޖާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޑަން ވެރެޓޫޓް ވަނީ ރޯމާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނައިގައި ރޯމާ އޮތީ ހަތަރު މެޗުން 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތް ޔަންގް ބޯއިސް ވަނީ ބުރާސްފަތި ދުވަހުގެރޭ ސީއެސްކޭއޭ-ސޯފިއާ އަތުން 1-0 ން މޮޅުވެފައެވެ. ތިންވަނައިގައި އޮތް ކްލޫޖަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސީއެސްކޭއޭ-ސޯފިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މީގެ އިތުރުން ދެވަނަ ބުރުގެ ޖާގައެއް ހޮފެންހެއިމް ކަށަވަރުކުރީ ގްރޫޕް އެލްގައި ބުރާސްފަތި ދުވަހުގެރޭ ސްލޮވަން ލިބެރެކް އަތުން 2-0 ން މޮޅުވެގެންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ހޮފެންހެއިމުން ލީޑު ނަގާފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައި ކްރިސްޓޮފް ބައުމްގާޓްނާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އަންދްރޭ ކްރަމަރިޗް ވަނީ ހޮފެންހެއިމަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ އެއްވަނައިގައި ހޮފެންހެއިމް އޮތީ 12 ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ ބުރާސްފަތި ދުވަހުގެރޭ ގެންޓް އަތުން 2-0 ން މޮޅުވި ރެޑްސްޓާ ބެލްގްރޭޑެވެ. ރެޑްސްޓާއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ސްލޮވަންކަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ގެންޓް ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް