Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންނަ އަހަރު ފަތުރުވެރިން އައުން

އަންނަ އަހަރު މިލިއަން ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރ

ފަތުރުވެރިންނަށް ތިބެވޭނެ ކަމަށް ކަނޑައަޅާފައިވާ 3 މަހުގެ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ނޮވެމްބަރު 2020 | އަންގާރަ 17:24
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް- މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް- މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް

މި އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޑިސެމްބަރު މަހުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތައް އަލުން ހުޅުވާލުމުގެ މަޝްވަރާތައް ކުރަމުންދާއިރު، އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އަރާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށެވެ.

އޭގެ އިތުރުން، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިން ހޭދަކުރާ މުއްދަތުވެސް އިތުރު ކުރުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ތިބެވޭނެ ކަމަށް ކަނޑައަޅާފައިވާ ތިން މަހުގެ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ބެލެވޭ ކަމަށާއި، އެއާއެކު އެ މުއްދަތު އިތުރު ކުރުމަށް މިހާރު އިމިގްރޭޝަނާއެކު މަޝްވަރާ ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި އެ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އަދި އެ ބަދަލުތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއާ ގުޅޭގޮތުން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި 2021 ވަނަ އަހަރު ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ހަ ލައްކަ ފަތުރުވެރިންނެވެ. އެހެންނަމަވެސް ފަހުން އެ އަދަދު މިލިއަނަކަށް އިތުރުކޮށް ބަޖެޓުގައި ހިމަނާފައިވާއިރު، މި އަދަދު ޙާސިލު ކުރެވޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް އޮތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ނިމިދިޔަ 2019 ވަނަ އަހަރު ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލުވެ، އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އެރިއެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު މި އަދަދުތައް އެތައް ގުނައަކުން ދަށަށް ދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ޙާލަތާއި ގުޅިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ގިނަ ކަންކަން ހިމެނިފައިވާއިރު، ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވާދަވެރިކަން އިތުރުވެގެންދާ މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން ފަތުރުވެރިކަން މާރކެޓު ކުރުމަށް 154 މިލިއަން ރުފިޔާ 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން، އުތުރާ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާ ކުރުމަށް ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްވެސް ގިނަ ކަންކަން ރޭވިފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު