Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓުގެ ގަޒިއްޔާތައް

އޭވިއޭޝަން ކޮމާންޑުން ކަނޑާލި އަށް މީހަކަށް ވަޒީފާދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އިތުބާރު ގެއްލިއްޖެ ކަމަށް ބުނެ

އަމަން ހަލީމް
އަމަން ހަލީމް | 25 ނޮވެމްބަރު 2020 | ބުދަ 17:01
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިހެއްގެ ތެރެއިން [ފައިލް ފޮޓޯ]

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިހެއްގެ ތެރެއިން [ފައިލް ފޮޓޯ]

މީގެ ފަސް އަހަރު ކުރިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއިން ވަކިކުރި އަށް މީހެއްގެ ވަޒީފާ އިޔާދަކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ އަށް މީހުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ޑިފެންސް މިނިސްޓްރީއަށް، އެމްއެންޑީއެފް އަދި ފުލުހުން ދީފައިވާ ސިއްރު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އޭރު ބުނެފައިވެއެވެ.

ވަޒީފާއިން ވަކިކުރި މީހުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައެޅުމުން، ޓްރައިބިއުނަލްއިން 29 ނޮވެމްބަރު 2015 ގައި ނިންމީ އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ޙިލާފަށް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދާކުރުމަށާއި، އެ މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ފައިސާ ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަންގާ އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ނިންމުމުގައި އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވާއިރު، އެ ފަރާތްތައް ވަޒީފާއިން ވަކިކުރި ސަބަބު ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ފާހަގަކުރިއެވެ. އެގޮތުން ސިއްރު މައުލޫމާތުތަކެއް މައްޗަށް ބިނާކޮށް އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވާއިރު، އެ ފަރާތްތަކުން ހިންގި ގައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ވަޒީފާއެއްގައި ހުންނަ މުވައްޒަފެއްގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލޭފަދަ އަމަލެއް ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.

މި މައްސަލައިގައި ޓްރައިބިއުނަލްއިން ނިންމި ނިންމުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ވަޒިފާ އިޔާދަކޮށްދޭން އޮތް ބައި ބާތިލުކޮށްފައެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ދޭންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ފައިސާ، އެ ހުކުމްކުރި ތާރީހުން (10 އޮކްޓޫބަރު 2018) ފެށިގެން މަސް ދުވަހުގެ ތެރޭގައި، ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ދިނުމަށް ހައި ކޯޓުން ހުކުމްކުރިއެވެ.

ވަޒީފާ އިޔާދަކޮށްދޭން ނިންމާފައިވާ ބައި ބާތިލުކުރަން ނިންމި ސަބަބާއި ގުޅިގެން ހައި ކޯޓުގެ ހުކުމުގައި ވަނީ، މި މައްސަލައިގައި ހިމެނޭ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އިތުބާރު ގެއްލިގެން ކަމުގައިވާތީ، ވަޒީފާގައި ބެހެއްޓުމަކީ ދެ ފަރާތުގެ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް ވަޒީފާދޭ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޙިލާފަށް ކަމަށް ހައި ކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުންވެސް ވަނީ އިއްތިފާގުވެފައެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމުގައި ވަނީ، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އިތުބާރު ގެއްލެންޖެހޭފަދަ ސަބަބެއް އޮތްކަން ލިޔެކިޔުންތަކުން ފާހަގަވެފައި ނުވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެ ފަރާތްތައް ވަޒީފާއިން ވަކިކުރި އިންޓެލިޖެންސް ރިޕޯޓުގައި އޮތީ ކޮން މައުލޫމާތެއްކަން އެނގެން ނެތްކަމަށްވެސް ހުކުމުގައިވެއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގައި ވަނީ، މި މައްސަލައިގައި ވަޒީފާއިން ވަކިކުރި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އަދުލުވެރިކަމެއް ގާއިމުކުރެމެއް ނެތި ކަމަށް ބަޔާންކޮށްފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ހައްގުތައް ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ. ޝުޖޫންގެ ރައުޔަށް މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރާލްޒާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއީދުކުރައްވާފައެވެ.

ވަޒީފާ އިޔާދަކޮށްދޭން ހުކުމްކުރި ނަމަވެސް، ބަދަލު ނަގައިދިނުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ، މި މައްސަލަ ހިނގާފައިވާތާ ފަސް އަހަރުވެފައި ވުމުން، ބަދަލު ނަގާދެވިދާނެ މިންވަރާމެދު ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ބަދަލުގެ ގޮތުގައި ނަގައިދޭނެ އަދުލުވެރި އަދަދެއް ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތު ޝަރުއީ ކޯޓަކުން ކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެ މައްސަލައިގައި ބަދަލުގެ އަދަދު ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ އެއީ ނިހާއީ ހުކުމެއް ކަމަށާއި، އެ ނިންމުން އިސްތިއުނާފުކުރެވޭނެ ގޮތެއް ނެތަތީ އެއީ އަދުލުވެރި ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށައަޅައިފިނަމަ، އެކަމުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި

27 އެޕްރީލު 2017
ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
04 އެޕްރީލު 2017

ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

04 އެޕްރީލު 2017
ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ
03 އެޕްރީލު 2017

ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ

03 އެޕްރީލު 2017
ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
22 މާރިޗު 2017

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

22 މާރިޗު 2017
އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު