Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ. ފުށިދިއްގަރު ފަޅު: ޖިހާދަށް ދައުވާ ކުރުން

ފުށިދިއްގަރު ފަޅުގެ މައްސަލަ: ޖިހާދުގެ މައްޗަށް ކުރާ ދައުވާއަށް ޖަވާބުދާރީވުން ދެން ބޭއްވޭ އަޑުއެހުމުގައި!

19 ނޮވެމްބަރު 2020 | ބުރާސްފަތި 11:22

ދިފާއީ ވަކީލަށް މައްސަލައިގެ ލިޔެކިޔުންތައް ހަމައަށް ލިބިފައިއެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ނޮވެމްބަރު 2020 | ބުރާސްފަތި 11:22
ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާއި ގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާ މައްސަލާގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވުމަށްފަހު، ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދެއްވައިފި އެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ފުށިދިއްގަރު ފަޅު މައްސަލާގައި ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ގާނޫނީ ވަކީލު ވަނީ ދައުވާ އިއްވާފަ އެވެ. ނަމަވެސް ދައުވާއާ ގުޅޭ ބައެެއް ލިޔެކިޔުންތައް ހަމައަށް ދިފާއީ ވަކީލަށް ލިބިފައިނުވާތީ، ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް މިމައްސަލަ ބައްލަވާ ގާޒީ ޙުސައިން ފާއިޒް ރަޝާދު ވަނީ ދެއްވާފަ އެވެ. ގާޒީ ވިދާޅުވީ ލިބިލައްވަންޖެހޭ ލިޔެކިޔުންތައް ފޯރުކޮށްދެވޭނެ ކަމަށާއި ދެން ބޭއްވޭ އަޑުއެހުމަށް ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެވަޑައިގެން ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

Advertisement - newsAdvertisement

ޖިހާދުގެ ގާނޫނީ ވަކީލަކަށް ވަޑައިގެންނެވީ، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އެވެ.

ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤުކޮށް ދައުވާ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާއި ގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަަމަށް ބުނެ, އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެކުންފުނީގެ ފަރާތުން ވަނީ ހުށައަޅާފައެވެ.

އެކަމާ ގުޅިގެން އެޓަރނީ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާ ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުމާއި ދިވެހި ސަރުކާރު ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އެގޮތުން 18 ޑިސެމްބަރ 2019 ގައި އެ ކުންފުނިން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 18 ޖެނުވަރީ 2013 ގައެވެ. އެކަން ހިނގާފައިވަނީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ.

މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށެވެ. އަދި އެ ނިންމުމުގައި އޮތީ، މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ގޮތަށް، އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބޭ ގޮތަށް ކަމަށެވެ.

އެހެން ނަމަވެސް، ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައި ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ޚިލާފަށް ޖިހާދު ވަނީ 50 އިންސައްތައިގެ ބަދަލުގައި 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު، އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

ޕީޖީ އޮފީހުން ބުނީ އެކަމުގައި، ޖިހާދު ޢަމަލު ކުރައްވާފައިވާ ގޮތުން، ރައްޔިތުންނާ ދައުލަތަށް ލިބެން އޮތް ފައިސާއިން ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބުނު ގެއްލުންވެސް ބޮޑުކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، 50 އަހަރު ތެރޭގައި ބިމު ކުލީގެ ގޮތުގައި 411،720،000 އެމެރިކާ ޑޮލަރު ލިބެން އޮތް ތަނެއްގައި އަބްދުﷲ ޖިހާދު ނިންމެވި ގޮތުގެ ސަބަބުން އެއްވެސް ފައިސާއެއް ދައުލަތަށް އެ މަގުންވެސް ލިބިފައި ނުވާ ކަމަށެވެ. އަދި "ޕްރައިމް ލޮކޭޝަން ޗާރޖް" ގެ ގޮތުގައި ލިބެންޖެހޭ 192،993،750 އެމެރިކާ ޑޮލަރުގެ ތެރެއިންވެސް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް