Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވޯލްޑް ކަޕް

ކުލަބު ވޯލްޑް ކަޕް އަންނަ އަހަރަށް ފަސްކޮށްފި

18 ނޮވެމްބަރު 2020 | ބުދަ 07:44

މީގެ ކުރިން މި މުބާރާތް ބޭއްވުމަށް ނިންމާފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ނޮވެމްބަރު 2020 | ބުދަ 07:44
ފީފާ ކުލަބު ވޯލްޑް ކަޕުގެ ޓްރޮފީ

ފީފާ ކުލަބު ވޯލްޑް ކަޕުގެ ޓްރޮފީ

މި އަހަރުގެ ޑިސެމްބަރު މަހަށް ތާވަލުކޮށްފައި އޮތް ފީފާ ކުލަބު ވޯލްޑް ކަޕް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކުރަން ފީފާއިން ނިންމައިފިއެވެ.

މީގެ ކުރިން މި މުބާރާތް ބޭއްވުމަށް ނިންމާފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހު ގަތަރުގައެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ފީފާއިން ވަނީ މި މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައެވެ. އަންގާރަ ދުވަހުގެރޭ ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ މި ދަނޑިވަޅުގައި މި އަހަރު މުބާރާތް ބޭއްވުމުގެ ފުރުސަތު ނެތުމުން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1-11 ށް ގަތަރުގައި މި މުބާރާތް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ކުލަބު ވޯލްޑް ކަޕަށް ދެ ޓީމެއް ވަނީ ކޮލިފައިވެފައެވެ. އެއީ މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިއުނިކާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރުގެ ލީގު ޗެމްޕިއަން އަލް ދުހައިލެވެ.

ފީފާއިން މި މުބާރާތް އަންނަ އަހަރަށް ފަސްކުރަން ނިންމުމާއެކު އެއް އަހަރު ތެރޭގައި ހަ ތަށި އުފުލާލަން ބަޔާނުން ދެކެމުން އައި ހުވަފެނަށް ވަނީ ނިމުން އައިސްފައެވެ. އެއް އަހަރު ތެރޭ ހަ ތަށި ހޯދުމުގެ ޝަރަފު މި ވަގުތާ ހަމައަށް އޮތް ހަމައެކަނި ޓީމަކީ 2009 ވަނަ އަހަރު ހަ ތަށި ކާމިޔާބުކުރި ބާސެލޯނާއެވެ.

މިހާރު ފީފާއިން ކުލަބު ވޯލްޑް ކަޕް ބާއްވަނީ ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓްކުރާ ގައުމުގެ ލީގު ޗެމްޕިއަނުންގެ މެދުގައި އާދައިގެ މުބާރާތެއްގެ ގޮތުގައެވެ. އެކަމަކު މިދިޔަ އަހަރު ފީފާއިން ވަނީ ކުލަބު ވޯލްޑް ކަޕުގެ ފޯމެޓަށް ބަދަލުގެނެސްފައެވެ. އެގޮތުން ކުލަބު ވޯލްޑް ކަޕުގެ ފޯމެޓަށް އަލަށް ގެނައި ބަދަލާއެކު، މި މުބާރާތް ދެން ބާއްވާނީ 24 ޓީމާއެކު ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރުއެވެ. ފީފާއިން މީގެ ކުރިން ވަނީ އައު ކުލަބު ވޯލްޑް ކަޕަކީ ފީފާ ކޮންފަޑަރޭޝަންސް ކަޕުގެ ބަދަލުގައި ބާއްވާ މުބާރާތެއް ކަމަށް ބުނެފައެވެ.

އައު ކުލަބު ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތް އަންނަ އަހަރު ޗައިނާގައި ޖޫން މަހުގެ 17ން ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް މީގެ ކުރިން ފީފާއިން ވަނީ ނިންމާފައެވެ. އެ މުބާރާތުގައި 24 ޓީމެއް ވާދަކުރާއިރު، މުބާރާތުގައި ވާދަކުރާނީ ޔޫރަޕުގެ އަށް ޓީމާއި ދެކުނު އެމެރިކާގެ ހަ ޓީމާއި އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާ ބައްރުން، ކޮންމެ ބައްރަކުން ތިން ޓީމު އަދި އޯޝޭނިއާގެ ޓީމެކެވެ. އެކަމަކު އައު ކުލަބު ވޯލްޑް ކަޕް 2022 ވަނަ އަހަރަށް ފަސްކުރުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ މުބާރާތުގައި ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅޭ ބަޔާން ވަނީ 2013 ވަނަ އަހަރު ކުލަބު ވޯލްޑް ކަޕްގެ ތަށި އުފުލާލާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް