Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަންޗޯ ހޯދަން ކުރާ މަސައްކަތް

ޔޫރޯ ފެށުމުގެ ކުރިން ސަންޗޯ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ

17 ނޮވެމްބަރު 2020 | އަންގާރަ 10:29

މި ނިމުނު ޓްރާންސްފާ ބާޒާރުގައިވެސް ޔުނައިޓެޑުން ވަނީ ސަންޗޯ ހޯދަން މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ނޮވެމްބަރު 2020 | އަންގާރަ 10:29
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ނިމުނު ޓްރާންސްފާ ބާޒާރުގައި މީޑިއާތަކުން ވަނީ އުމުރުން 20 އަހަރުގެ ސަންޗޯ 110 މިލިޔަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ޑޯޓްމުންޑުން އެއްބަސްވި ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ސަންޗޯ ހަދާނެ ކަމަށްވެސް ރިޕޯޓުކުރިއެވެ. އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި 110 މިލިޔަން ޕައުންޑް ދެއްކުމަށް ޔުނައިޓެޑަށް ދަތިވާނެތީ، އެ ހުއްޓުނީއެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ސަންޗޯ ހޯދުމަށް ޔުނައިޓެޑުން އަދިވެސް މަސައްކަތް ކުރަމުން އަންނައިރު، އަންނަ އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ސަންޗޯގެ ސޮއި ހޯދުމަށް ޔުނައިޓެޑުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަންޗޯ ހޯދުމަށް ޔުނައިޓެޑުގެ އިތުރުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުންވެސް މަސައްކަތް ކުރަމުން އަންނައިރު، އޭނާ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޑޯޓްމުންޑުގެ ސީނިއާ ޓީމުގައި މިހާތަނަށް ތިން ސީޒަން ހޭދަކޮށްފައިވާ ސަންޗޯ ވަނީ އެ ކުލަބަށް 108 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޑޯޓްމުންޑާއެކު ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

މި ނިމުނު ޓްރާންސްފާ ބާޒާރުގައި ސަންޗޯ ހޯދުމަށް ޔުނައިޓެޑުން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެ ޓީމުން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އެ ޓީމަށް ގެނެސްފައެވެ. ދެން ޔުނައިޓެޑުން ގެނައި ކުޅުންތެރިޔަކީ އަޔަކްސްއަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް