Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ބަހުސް 2021

އަމާޒަކީ މިދިޔަ އަހަރު އިގްތިސާދު ހުރި މިންވަރަށް އިޔާދަކުރުން: ފިނޭންސް މިނިސްޓަރ

މި ބަޖެޓުގައި ވަނީ މި ހާލަތުން އަރައިގަތުމަށް ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް: އަމީރު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2020 | ހޯމަ 09:52
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި

ސަރުކާރުގެ އަމާޒަކީ މިދިޔަ އަހަރު އިގްތިސާދު ހުރި މިންވަރަށް އިޔާދަކުރުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ފަށާފައިވާއިރު، ފިނޭންސް މިނިސްޓަރ ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

ޖަލްސާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މި ބަޖެޓު ހުށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހާއްސަ ހާލަތުން، އަރައިގަތުން ކަމަށެވެ. އަދި މި ހާލަތަކީ އަބަދުވެސް ބަދަލުވަމުންދާ ހާލަތެއް ކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ އަމީރު ވަނީ ބަޖެޓުގައި ވަނީ މި ހާލަތުން އަރައިގަތުމަށް ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް ކަން މެމްބަރުންނަށް ސާފުކޮށްދެއްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން މި ހާލަތު ދިގު މުއްދަތަކަަށް ދެމިގެން ނުދާނެ ކަން ދުނިޔޭގެ އިގްތިސާދީ މާހިރުން ވެސް ގަބޫލުކުރާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތާއި ގުޅިގެން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިގްތިސާދު އޮތީ ގާތްގަނޑަކަށް 85 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެންނަމަވެސް މިހާރު އިގްތިސާދު 54 ބިލިއަން ރުފިޔާއަށް ކުޑަވެފައިވާއިރު އަމާޒަކީ ކުރިން ހުރި މިންވަރަށް އިގްތިސާދު އިޔާދަކުރުން ކަމަށެވެ.

ބަޖެޓު ބަހުސްގައި ބައެއް މެމްބަރުން ވަނީ ލިބޭ އާމްދަނީ އާއި އެއްވަރަށް ބަޖެޓު ކުޑަކުރުމަށް ގޮވާލައްވާފައެވެ. މިކަމަށް ޖަވާބުދާރީވަމުން މިނިސްޓަރ ވިދާޅުވީ އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އަމާޒަކީ އިގްތިސާދު ފުޅާކުރުން ކަމަށްވާއިރު، ލިބޭ މިންވަރަކުން ދަރަނި ހޯދައިގެން ވެސް މި އަމާޒު ހާސިލު ކުރަން ބޭނުންވާކަން ހާމަކުރެއްވިއެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ މިގޮތަށް ކަންކަން ނުކޮށްފިނަމަ، އިގްތިސާދު ދާނީ ކުޑަވަމުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. މި ފައިސާގެ 62.3 އިންސައްތަ ހޭދަވަނީ ރިކަރަންޓް ހަރަދަށެވެ. އަދި ކެޕިޓަލް އެކްސްޕެންޑިޗަރއަށް ހަރަދުވަނީ 37.7 އިންސައްތައެވެ. ބާކީ 1.5 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ ދަރަނި އަދާކުރުމަށެވެ.

ބަޖެޓު ބަހުސްގައި މެމްބަރުން ވަނީ ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވުމުން ބަޖެޓަށް ފައިނޭންސް ކުރެވިދާނެތޯ ސުވާލު އުފައްދަވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ގިނަ މެމްބަރުން ވަނީ ޖުމްލަކޮށް ބަޖެޓުގައި ހިމެނިފައިވާ ކަންކަމާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު