Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާފުށީ ކައުންސިލް ފުޓްސަލް ކަޕް

މާފުށީ ކައުންސިލް ފުޓްސަލް ކަޕް: ޗެމްޕިއަންކަން ސްޓްރައިކާސް އާއި ސްޕާކްލްސްއަށް

15 ނޮވެމްބަރު 2020 | އާދީއްތަ 11:00

ފިރިހެން ބައިގެ ޗެމްޕިއަންކަން ސްޓްރައިކާސް ހޯދީ ފައިނަލް މެޗުގައި ބްލަންކޯ އަތުން 5-3 ން މޮޅުވެގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ނޮވެމްބަރު 2020 | އާދީއްތަ 11:00
ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ސްޓްރައިކާސް އެފްސީ

ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ސްޓްރައިކާސް އެފްސީ

ކ. މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "މާފުށީ ކައުންސިލް ފުޓްސަލް ކަޕް 2020" ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސްޓްރައިކާސް އެފްސީ ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ސްޕާކްލްސް ހޯދައިފިއެވެ.

މި މުބާރާތަކީމާފުށީ ކައުންސިލުގެ ފަރާތުން އެ ރަށުގައި ދިރިއުޅޭ ރައްޔިޔުންނަށް ހާއްސަކޮށްގެން ބޭއްވި ފުޓްސަލް މުބާރާތެކެވެ. އަދި މިއީ މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގެ ފިރިހެން ބައިގައި ޖުމްލަ 17 ޓީމެއް ވަނީ ވާދަކޮށްފައެވެ. މި ބައިގެ ޗެމްޕިއަންކަން ސްޓްރައިކާސް ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ބްލަންކޯ އެފްސީ އަތުން 5-3 ން މޮޅުވެގެންނެވެ.

ފިރިހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޓްރައިކާސްގެ އަޙްމަދު ޝަމާލެވެ. އަދި އެންމެ މޮޅު ކޯޗަކަށް ސްޓްރައިކާސްގެ ކޯޗު ނަސީޙް މުޙައްމަދު ހޮވުނުއިރު، ފިރިހެން ބައިގެ ފެއާޕްލޭ ޓީމަކީ ހޯމީސްއެވެ.

ފިރިހެން ބައިގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، މި ބައިގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ފިރިހެން ބައިގެ ފެއާޕްލޭ ޓީމަށް ހޮވުނު ހޯމީސްއަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މީގެ އިތުރުން މި މުބާރާތުގެ އަންހެން ބައިގައި ހަ ޓީމެއް ވާދަކުރިއިރު، މި ބައިގެ ޗެމްޕިއަންކަން ސްޕާކްލްސް ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ސްޓްރައިކާސް އަތުން 4-3 ން މޮޅުވެގެންނެވެ.

އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕާކްލްސްގެ ޝަރުވާ މުޙައްމަދެވެ. އަދި މި ބައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޝަރުވާ އާއި ސްޓްރައިކާސްގެ އައިމިނަތު ސުވައިދާއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ސްޕާކްލްސްގެ ކޯޗު އަޙްމަދު ޝަހީން ހޮވުނުއިރު، އަންހެން ބައިގެ ފެއާޕްލޭ ޓީމަކީ ސައިރެންސްއެވެ.

އަންހެން ބައިގެ ޗެމްޕިއަން ޓީމަށް 17،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، މި ބައިގެ ރަނަރަޕް ޓީމަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި އަންހެން ބައިގެ ފެއާޕްލޭ ޓީމަށް ހޮވުނު ސައިރެންސްއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މާފުށީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މިމުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މާފުށީގައި ދިރިއުޅޭ ރައްޔިތުން، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް ގާއިމުކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއް ހޯދައި ދިނުމާއި، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި، ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން އެހީތެރިވުމާއި ފުޓްސަލް ހުނަރު އިތުރުކުރުމާއި، އަދި ރަށުން ބޭރުގައި ބާއްވާ މުބާރާތްތަކުގައި އެ ރަށް ތަމްސީލުކުރުމަށް ކުޅުންތެރިން ތަމްރީނުކޮށް، އެ ރަށުގެ ޒުވާނުންނަށް މުބާރާތްތައް ކުޅުމުގެ ފުރުސަތު ހޯދައިދީ، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް