Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްއާރުސީއެމް

މި ބަޖެޓުން ޤާނޫނުގައި ލާޒިމްކުރާ ކަންކަން ވެސް ނުކުރެވޭނެ: އެޗްއާރުސީއެމް

ފުރަތަމަ ޕްލޭން ކުރީ 39 މިލިއަން ރުފިޔާގެ ބަޖެޓެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2020 | އާދީއްތަ 02:54
އެޗްއާރްސީއެމްއަށް އަލަށް ނެގުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެޗްއާރްސީއެމްއަށް އަލަށް ނެގުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އެކަށައަޅާފައިވާ ބަޖެޓުން ޤާނޫނުގައި ލާޒިމްކުރާ ކަންކަން ވެސް ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ހޮނިހިރު ދުވަހުގެ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ ބަޖެޓާ ގުޅޭ ގޮތުން އެ ކޮމިޝަނުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި އަހަރަށް ކޮމިޝަނާ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ރާވާފައިވާ ހަރަކާތްތަކަށް އެންމެ ފުރަތަމަ ޕްލޭން ކުރީ 39 މިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، ބަޖެޓް ސީލިންއަށް ފެއްތުމަށްޓަކައި 30.3 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ ކަމަށް މުއުމިނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ބަޖެޓުގައި ވަނީ 24 މިލިއަން ރުފިޔާ ކަމަށާއި މިއީ ހުށަހެޅި އަދަދަށްވުރެ 18 އިންސައްތަ ދަށް އަދަދެއް ކަން ފާހަގަ ކުރެއްވިއެވެ. އަދި މުވައްޒަފުންގެ މުސާރައާއި އިދާރީ ކަންކަމަށް ޚަރަދުކުރުމަށްފަހު ޕްރޮގްރާމުތައް ހިންގުމަށް ބާކީ އޮންނާނީ 5 މިލިއަނެއްހާ ރުފިޔާ ކަމަށް ވިދާޅުވިއެވެ.

މިހާރު ކަނޑައަޅާފައި ބަޖެޓާ ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން، މުއުމިނާ ވިދާޅުވީ އެންޓި ޓޯޗާ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަން އެކަށީގެންވާ ބަޖެޓު ލިބިފައި ނެތް ކަމަށެވެ. އަދި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބި މީހުންގެ މަރުކަޒުތަކާއި ޖަލުތަކަށް ކުރާ ޒިޔާރަތްތަކަށް މި ބަޖެޓުން ހަރަދު ނުކުރުވޭނެކަން ފާހަގަކުރެއްވިއެވެ.

މުއުމިނާ އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ މޮނިޓަރިންގ ވިޒިޓްތަކަށް ރާވާފައި ވަނީ ތިން ލައްކަ ރުފިޔާ ނަމަވެސް، ބަޖެޓް ސީލިންއަށް ފެއްތުމަށް ދެ ލައްކަ ރުފިޔާ ޖެހި ކަމަށެވެ. ނަމަވެސް، މިހާރު ބަޖެޓު އުނިކޮށްފައިވާ ގޮތުން މެންޑޭޓްގައި ލާޒިމްކުރާ މިންވަރާއި ގާތަށް ވެސް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވިސްލްބްލޯވާ ޔުނިޓް ހިންގާނެ ވެރިއަކު މިވަގުތު ކޮމިޝަންގައި ނެތްކަމަށާއި ކޮމިޝަންގެ ލީގަލް އަދި އިންވެސްޓިގޭޓިވް ޑިޕާޓްމަންޓުން ދެ ސްޓާފުން ލައިގެން މަސައްކަތް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

މުއުމިނާ ވިދާޅުވީ ވިސްލްބްލޯ ޔުނިޓް ހިންގުމަށް މަދުވެގެން އަށް މުވައްޒަފުން ބޭނުންވާ ކަމަށާއި ފިނޭންސް މިނިސްޓްރީއާއެެކު ބޭއްވި ބައްދަލުވުމުގައި "ކޮމްޕްރޮމައިޒް" ކޮށް، ސީލިންއަށް ފެއްތުމަށް ތިން މުވައްޒަފުން ލައިގެން އަންނަ އަހަރު އެ ޔުނިޓު ހިންގަން އެއްބަސްވި ކަމަށެވެ. އެހެންނަމަވެސް، ތިން މުވައްޒަފުން ލައިގެން އެ ޔުނިޓް މެނޭޖްކުރާނެ ވަރަށް ފައިސާ ލިބިފައި ނެތް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމައުގައި ކޮމިޝަން ތަމްސީލް ކުރަން ޖެހޭ ހާލަތުގައި ކޮމިޝަން ތަމްސީލް ކުރާނެ ފައިސާ ދީފައި ނެތް ކަމަށް މުއުމިނާ ވިދާޅުވިއެވެ. އަދި ކޮވިޑް-19 ގެ މި ހާލަތަކީ މާލީ ދަތިކަން ދިމާވެފައިވާ ހާލަތެއް ކަން ގަބޫލުކުރެއްވި ނަމަވެސް މަސައްކަތްތައް ކުރެވޭނެ މިންވަރަށް ފައިސާ ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓު ސީލިންގއެއް ކަނޑައެޅީ މި އަހަރު އެޗްއާރްސީއެމްއިން މަސައްކަތްކޮށްފައިވާ މިންވަރަށް ބަލާފައިކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ މުއުމިނާ ވަނީ މިއީ އައު ކޮމިޝަނެއްކަން ކޮމިޓީގެ މެމްބަރުންނަށް ހަނދުމަކޮށްދެއްވާފައެވެ.

އެގޮތުން އައު ކޮމިޝަނުން މަސައްކަތް ކުރާނެ އައު ތަސައްވުރެއް އޮތް އިރު އެ ކޮމިޝަންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މަސައްކަތްތައް ރާވާ ބައްޓަން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ތެރޭގައިވެސް އެ ކޮމިޝަނަކީ ރައްޔިތުންގެ އިތުބަރު ހިފޭ ކޮމިޝަނަކަށް ކޮމިޝަން ހެދުމަށް މަސައްކަތްތައް ކުރުމުގެ ފުރުސަތު މިހާރުގެ ކޮމިޝަނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު