Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބިދޭސީ ކުޅުންތެރިން ގެނައުން

ސަސް އާއި ޔޫވީންވެސް ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފި

14 ނޮވެމްބަރު 2020 | ހޮނިހިރު 05:42

ސަސްއަށް ސޮއިކުރީ ގޯލްކީޕަރު މަމަކްތޯނޯފް، މިޑްފީލްޑަރު މޯރީ، ފޯވާޑް ޔޮނެޒޭވާ އަދި ފޯވާޑް ރޮޑްރިގޭޒް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ނޮވެމްބަރު 2020 | ހޮނިހިރު 05:42
ސަސްއާ ގުޅުނު ބިދޭސީ ހަތަރު ކުޅުންތެރިން

ސަސްއާ ގުޅުނު ބިދޭސީ ހަތަރު ކުޅުންތެރިން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިންވެސް ބިދޭސީ ހަތަރު ކުޅުންތެރިއެއްގެ ސޮއި ހޯދައިފިއެވެ.

އެގޮތުން ސަސްއަށް ސޮއިކުރީ އުޒްބެކިސްތާން ލީގުގެ ޓީމުތަކަށް ކުޅެފައިވާ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އާއި، ލާއޯސް އާއި އާރްމީނިއާގެ އިތުރުން ރާއްޖޭގެ ޖޭޖޭއަށް ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ އާއި، އިންޑިއާގެ އައި ލީގާއި ޖަޕާނާއި މެލޭޝިއާ ލީގާއި އިންޑޮނީޝިއާ ސުޕަ ލީގު އަދި ބަންގްލަދޭޝް ޕްރިމިއާ ލިގުގައި ކުޅެފައިވާ ޖަޕާނުގެ ފޯވާޑް އަޓްސުޝީ ޔޮނެޒޭވާ އަދި ސްޕެއިނުގެ އެކި ޓީމުތަކަށް ކުޅެފައިވާ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒެވެ.

ސަސްއިން ބިދޭސީ ހަތަރު ކުޅުންތެރިއެއްގެ ސޮއި ހޯދިއިރު، މީގެ ކުރިން އައު ސީޒަނަށް ސަސްއިން ވަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރުން ކަމަށްވާ އަޙްމަދު ޝާފިއު (ޝާފީ)، އަބްދުﷲ ހަނީފް (ބެންޖޯ) އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަޙްމަދު ފައްރާހު (ފައްރަ) ގެ ސޮއިހޯދާފައެވެ. އަދި ކުރިން ޓީސީ އާއި ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައިވާ ޒުވާން ކުޅުންތެރިޔާ އަޙްމަދު އައިހަމް ސަސްއަށް ސޮއިކުރިއިރު، ސަސްއަށް މިދިޔަ އަހަރުތަކުގައި ކުޅުނު އަޙްމަދު ފަރުހާން (ގައްބެ) ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފައެވެ.

މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދާ މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ސަސްއިން ފަރިތަކުރިންތައް ކުރިއަށްގެންދަމުން އަންނައިރު، އައު ސީޒަނަށް އެ ޓީމުން ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު) އާ އެކުގައެވެ.

މީގެ އިތުރުން ޔޫވީންވެސް ވަނީ ސްކޮޑު ވަރުގަދަ ކުރުމަށް ބިދޭސީ ހަތަރު ކުޅުންތެރިއަކު އެ ޓީމަށް ގެނެސްފައެވެ. އެ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގައި 2018 ވަނަ އަހަރު މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް އާއި، މީގެ ކުރިންވެސް ޔޫވީއަށް ކުޅެފައިވާ ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އާމިރޯފާއި، ޔޫކްރޭނުގެ ފޯވާޑް ކީރްލޯ ސިލިޗް އަދި ކިރްގިސްތާނުގެ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް މި މަހުގެ އެއްވަނަ ދުވަހު ޔޫވީން ފަރިތަކުރުންތައް ފަށާފައިވާއިރު، އެ ޓީމުން ވަނީ އައު ސީޒަނަށް ބައެއް ތަޖުރިބާކާރު ކުޅުންތެރިން ގެނެސްފައެވެ. އޭގެ ތެރޭގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ހިމެނެއެވެ. އަދި ޔޫވީން ވަނީ އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއިވެސް ހޯދާފައެވެ.

އައު ސީޒަނަށް ޔޫވީން ކުރިމަތިލާއިރު، މި ފަހަރުވެސް އެ ޓީމުގެ ކޯޗަކަށް ހުންނާނީ މިދިޔަ ސީޒަނުގެ މެދު ތެރެއިން އެ ޓިމާ ހަވާލުވި ކޯޗު މުޙައްމަދު އާދަމެވެ. އެކަމަކު މުޙަމަދު އާދަމުގެ އެދުމަކަށް ޔޫވީގެ ފަރިތަކުރުންތަކުގައި ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އަންނަނީ ބައިވެރިވަމުންނެވެ. އަދި ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާޢީލް ޒަރިޔަންދުވެސް ވަނީ ޔޫވީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އެފްއޭ ޗެރިޓީ ޝީލްޑް މެޗުން އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް