Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓު 2021

މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް، ރިކަރަންޓް ހަރަދު އިތުރުވަނީ މިހެންވެ: ފިނޭންސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2020 | ބުރާސްފަތި 07:53
ރައްޔިތުންގެ މަޖިލީހަށް 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށައަޅަނީ

ރައްޔިތުންގެ މަޖިލީހަށް 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށައަޅަނީ

ކޮވިޑުގެ ހާލަތުގައިވެސް މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި، އެހެންކަމުން ދައުލަތުގެ ހިންގުމުގެ ހަރަދު އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީގައި ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރަންޓް ހަރަދު ބޮޑުވާ ސަބަބުތައް ތަފްސީލުކޮށްދީފައެވެ.

Advertisement - newsAdvertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. މި ފައިސާގެ 62.3 އިންސައްތަ ހޭދަވަނީ ރިކަރަންޓް ހަރަދަށެވެ. އަދި ކެޕިޓަލް އެކްސްޕެންޑިޗަރއަށް ހަރަދުވަނީ 37.7 އިންސައްތައެވެ. ބާކީ 1.5 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ ދަރަނި އަދާކުރުމަށެވެ.

ރިކަރަންޓް ހަރަދާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ މި ދަނޑިވަޅުގައި މުވައްޒަފުންގެ އަދަދު މަދުކުރެވެން ނެތުމުން، އެ ފަރާތްތަކަށް ހިނގާ ހަރަދުތައް ބަޖެޓުގައި ހިމެނޭނެ ކަމަށެވެ.

ރިކަރަންޓް ހަރަދު ކަނޑައެޅުމުގައި މާލީ ވުޒާރާގެ މާ ބޮޑު ކޮންޓްރޯލެއް ނެތްކަން ފާހަގަކުރައްވާ ސަރުވަޝް ވިދާޅުވީ އެ ހަރަދު އިތުރަށް ބޮޑުވެގެން އަންނަނީ މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ޕްރޮގްރާމްތަކުގެ ސަބަބުން ކަމަށެވެ. އަދި މި އަހަރު ދަރަނި ބޮޑުވުމުގެ ސަބަބުން އިންޓްރެސްޓަށް ހިނގާ ހަރަދުތައް ބޮޑުވެ، ކެޕިޓަލް ހަރަދުތައްވެސް އިތުރުވާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކެޕިޓަލް އިންވެސްޓްމެންޓްތައް އިތުރުވުމުން ކުރަންޖެހޭ ހަރަދުތައްވެސް އިތުރުވާނެ ކަމަށެވެ.

އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ބަޖެޓު އެކުލަވާލިއިރު 2019 ވަނަ އަހަރަށް ވުރެ ރިކަރަންޓު ހަރަދު އިތުރުވީ ނަމަވެސް، އެ ހަރަދުތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރިކަރަންޓް ހަރަދު 20 ބިލިއަނަށް ކުޑަ ކުރެވުނު ކަމަށެވެ. 2020 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 22 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ ބަޖެޓަކީ ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ވަރަށް ބޮޑަށް ހިފަހައްޓާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ބަޖެޓަކީ އިގްތިސާދު އަލުން އާރާސްތުކުރުމަށް ހާއްސަކުރެވިގެން އެކުލަވާލެވުނު ބަޖެޓެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު