Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް

ފްރާންސް ބަލިވިއިރު، ޕޯޗުގަލަށް ބޮޑު މޮޅެއް

12 ނޮވެމްބަރު 2020 | ބުރާސްފަތި 06:27

ފްރާންސް ބަލިވީ ފިންލެންޑް އަތުން 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ނޮވެމްބަރު 2020 | ބުރާސްފަތި 06:27
ފްރާންސާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފިންލެންޑް މޮޅުވީ 2-0 ން

ފްރާންސާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފިންލެންޑް މޮޅުވީ 2-0 ން

ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ފިންލެންޑް އަތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިއިރު، ނޭޝަންސް ލީގުގެ ޗެމްޕިއަން ޕޯޗުގަލުން އެންޑޯރާގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން ފްރާންސް ބަލިވީ ފިންލެންޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ދުނިޔޭގެ ރޭންކިންގެ 55 ވަނައިގައި އޮތް ފިންލެންޑުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކުރިއިރު، މި މެޗަށް ފްރާންސުން ނުކުމެފައިވަނީ ބަދަލުތަކެއް ގެނެސްގެންނެވެ. މި މެޗުގައި ފިންލެންޑުން ކާމިޔާބުކުރި ދެ ލަނޑުވެސް އެ ޓީމުން ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެ ގައުމަށް ލީޑު ނަގައިދިނީ މާކަސް ފޯސްއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ފިންލެންޑަށް ލީޑު ފުޅާކޮށްދިނީ ޖޯނީ ކޯކޯއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ޕޯޗުގަލް މޮޅުވީ އެންޑޯރާ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ޕޯޗުގަލުގެ ލަނޑުތައް ޖެހީ ޕެޑްރޯ ނެޓޯ، ޕައުލީނިއޯ، ރެނާޓޯ ސަންޗޭޒް، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޔާއޯ ފެލިކްސްއެވެ. މީގެ ތެރެއިން ޕައުލީނިއޯ ދެ ލަނޑު ޖެހިއިރު، ޕޯޗުގަލުގެ އަނެއް ލަނޑަކީ އެންޑޯރާގެ ގާސިއާ މިރަމޮންޓޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗު ޕޯޗުގަލުން ފަށާފައިވަނީ އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ދެވަނަ ހާފުގައި ކުޅެން އަރާ ރޮނާލްޑޯ ލަނޑު ޖެހިއިރު، އޭނާ ވަނީ މިހާތަނަށް ޕޯޗުގަލުގެ ގައުމީ ފުޓްބޯޅަ ޓީމަށް 102 ލަނޑު ހަމަކޮށްފައެވެ. އެހެންކަމުން ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮތް އީރާނުގެ ލެޖެންޑް އަލީ ދާއީގެ ރިކޯޑާ ހަމަކުރަން ރޮނާލްޑޯ ދެން ބޭނުންވަނީ އެންމެ ހަތް ލަނޑެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ނެދަލެންޑްސް އާއި ސްޕެއިން ބައްދަލުކުރިއިރު، މި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް