Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑް-އައިސްލެންޑް މެޗު

އިންގްލެންޑާއި އައިސްލެންޑް ބައްދަލުކުރާ މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅެނީ

10 ނޮވެމްބަރު 2020 | އަންގާރަ 10:59

ޑެންމާކަށް ދާ އިންގްލެންޑް ނޫން ގައުމުތަކުގެ މީހުންނަށް އެ ގައުމަށް އެތެރެނުވެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ނޮވެމްބަރު 2020 | އަންގާރަ 10:59
ސެޕްޓެމްބަރު މަހު އައިސްލެންޑުގައި އެ ގައުމާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗުގެ ތެރެއިން

ސެޕްޓެމްބަރު މަހު އައިސްލެންޑުގައި އެ ގައުމާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގައި މި މަހު އައިސްލެންޑުން އިންގްލެންޑުގައި ކުޅެން ހަމަޖެހިފައި އޮތް މެޗު އަލްބޭނިއާގައި ކުޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި މަހުގެ 18 ވަނަ ދުވަހު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅެން ހަމަޖެހިފައި އޮތް މެޗު އެހެން ގައުމަކަށް ބަދަލުކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ދާދި ފަހުން އިނގިރޭސިވިލާތުގެ ސަރުކާރުން އެކުލަވާލި އުސޫލުތަކާ ގުޅިގެންނެވެ. އެގޮތުން އިނގިރޭސި ސަރުކާރުން ދާދި ފަހުން ހަމަޖައްސާފައިވާ އުސޫލުތަކުގައިވާ ގޮތުން ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ޑެންމާކަށް ދާ އިންގްލެންޑް ނޫން ގައުމުތަކުގެ މީހުންނަށް އެ ގައުމަށް އެތެރެނުވެވޭނެއެވެ. އަދި އިނގިރޭސި ރަށްވެހިކަން އޮންނަ މީހަކު ޑެންމާކަށް ގޮސްފައި އައިސްފިނަމަ 14 ދުވަހަށް ހޯމް-އައިސޮލޭޝަނުގައި ހުންނަން ޖެހެއެވެ.

އެހެންކަމުން އިންގްލެންޑާއި އައިސްލެންޑް ބައްދަލުކުރާ މެޗު އިންގްލެންޑުގައި ނުކުޅެވޭގޮތްވީ އިންގްލެންޑާ ދެކޮޅަށް އައިސްލެންޑް ކުޅޭ މެޗުގެ ތިން ދުވަސް ކުރިން އެ ގައުމުން ޑެންމާކުގައި އެ ގައުމާ ދެކޮޅަށް ކުޅެން ހަަމަޖެހިފައި އޮތުމުންނެވެ.

އެހެންކަމުން މި މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅުމަށް އިނގިރޭސި އެފްއޭއިން މަސައްކަތް ކުރަމުން އަންނައިރު، އަލްބޭނިއާގައި މި މެޗު ކުޅުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު މަޝަވްރާ ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ޔުއެފާގެ ގަވާއިދުގައިވާ ގޮތުން ގައުމުތަކުގެ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބޯލެނބުމުގެ ގޮތުން މެޗުތައް ކުޅޭ ވަގުތާއި ދަނޑަށް ބަދަލު ގެނެވޭނެ ގޮތަށް އޮތް ނަމަވެސް، ދަނޑު ބަދަލުކުރުމުގެ ކުރިން ޔުއެފާގެ ހުއްދަ ހޯދަން ޖެހޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން އެކުލަވާލި އުސޫލުތަކާ ގުޅިގެން އިންގްލެންޑާއި އައިސްލެންޑް ބައްދަލުކުރާ މެޗު އިންގްލެންޑުގައި ނުކުޅެވޭއިރު، ބުދަ ދުވަހުގެރޭ ސްވިޑެންއިން ޑެންމާކުގައި އެ ގައުމާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ދެ ގައުމީ ޓީމަށް ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކަށް ނިސްބަތްވާ ކުޅުންތެރިން ނުކުޅޭނެ ކަމަށް އެ ދެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެގޮތަށް ނިންމީ އިނގިރޭސިވިލާތުގެ ސަރުކާރުން އެކުލަވާލި އުސޫލުތަކާއެކު، އެ ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކުން އެކަމަށް އެދުމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް