Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކ.ފުށިދިއްގަރު ފަޅު މައްސަލަ

ފުށިދިއްގަރު ފަޅު މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

މި މައްސަލައަކީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2020 | އާދީއްތަ 16:59
މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި

މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި

ކ ފުށިދިއްގަރުފަޅު މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައަކީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދިވެހިސަރުކާރުގެ މައްޗަށް ދަޢުވާކުރުމުން ބެލުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމާ ގުޅޭ މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

ސިވިލްކޯޓުގެ ނަންބަރު 1920/Cv-C/2013 ޤަޟިއްޔާއިން ބެލުނު މައްސަލައަކީ، ކ.ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމަށްޓަކައި ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ވެވުނު އެއްބަސްވުމެއްގެ ތެރެއިން އުފެދުނު މައްސަލައެކެވެ. އެގޮތުން 18 ޖެނުއަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓުގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީ ކޮށްދީފައި ނުވާތީ އެކަމުގެ ސަބަބުން ޖޮއިންޓް ވެންޗަރ ކުންފުންޏަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވެގެން ދިއުމުގެ ސަބަބުން އެ ކުންފުޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށްބުނެ އެ ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީ ކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މައްޗަށް އެންގުމަށާއި، ބަޔާންވެދިޔަ އެގްރީމަންޓުގެ ދަށުން ލީޒް ކުރުމަށް ހަމަޖެހިފައިވާ ފަޅު އެކުންފުންޏަށް ލީޒް ކުރުމާ ބެހޭގޮތުން ބަޔާންވެދިޔަ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ކުންފުނިން ހުށައެޅީއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި މިނިސްޓްރީ އޮފް ޓޫރިޒަމަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ.

އެގޮތުން، ސިވިލް ކޯޓުން މި މައްސަލާގައި 15 ޖުލައި 2014 ގައި ޙުކުމް ކޮށްފައިވަނީ އެ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށާއި، އަދި ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓްގައިވާ ގޮތުގެ މަތީން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކުރާތާ 05 (ފަހެއް) ދުވަހުގެ ތެރޭގައި އެގްރިމަންޓްގައި ބަޔާން ވެގެންވާފަދައިން މައްސަލާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މާސްޓަރ ލީސް އެގްރީމަންޓްގައި ސޮއިކުރުމަށެވެ.

އޭގެ އިތުރުން، ދައުލަތާ ދެކޮޅަށް ނިމުނު މި މައްސަލަ، އިސްތިއުނާފު މުއްދަތުގެ ތެރޭގައި އޭރުގެ ސަރުކާރުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާ މައްސަލަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާކަން ބަންޑާރަނައިބުގެ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައަކީ ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން ތަޙުޤީޤު ކުރި މައްސަލައެކެވެ.

އަދި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ދިވެހި ސަރުކާރުގެ ފަރާތުން ޖޮއިންޓްވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށް އެކަމުގެ ތުހުމަތު، އެއްބަސްވުމުގައި ސޮއިކޮށްފައިވާ، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދަށް ކުރެވޭކަމަށް ބަޔާން ކޮށްފައިވެ އެވެ.

އަދި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ޢަބްދުﷲ ޖިހާދުގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް 25 އޮކްޓޫބަރު 2020 ގައި ވަނީ ހުށައަޅާފައެވެ.

އޭޖީ އޮފީހުން ބުނީ، ސިވިލްކޯޓުން ބެލި މައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވެފައިވަނީ ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެއްކަމުގައި ބަލައިގެންކަން އެނގެން އޮންނަ ކަމަށެވެ.

އަދި ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ތަޙްޤީޤު ރިޕޯޓުގައި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމުން، އެ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެއް ނޫންކަށް އެނގެން އޮންނަކަންވެސް އޭޖީ އޮފީހުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެއާއެކު، މި މައްސަލައާ ގުޅިގެން ލިބިފައިވާ އައު ހެއްކާއި މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ޙުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންޞާފަށް ހުރަސްއެޅޭގޮތަށް އޮތް ޙުކުމެއްކަން ބަޔާން ކޮށް އޭޖީ އޮފީހުން، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އާދިއްތަ ދުވަހު ވަނީ ހުށައަޅާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު