Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅު ފިހާރަތަކުގެ މައްސަލަ

އަތޮޅު ފިހާރަތަކުގެ މައްސަލަ: ގިނަ މައްސަލަތަކާއި އެކު ބޮއްސުންލާފައި!

4 ނޮވެމްބަރު 2020 | ބުދަ 14:10

އަތޮޅު ފިހާރަތަކުގެ ފައިސާ އެންމެ ފަހުން ބަހާފައިވަނީ 2014 ވަނަ އަހަރު

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ނޮވެމްބަރު 2020 | ބުދަ 14:10
މާލޭގައި ހުރި އަތޮޅު ފިހާރަތައް

މާލޭގައި ހުރި އަތޮޅު ފިހާރަތައް

މާލޭގައި ހުރި އަތޮޅު ފިހާރަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތައް ހައްލުކުރުމަށް މިހާރު ޕްލޭނިންގ މިނިސްޓްރީއާއި އެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ބުނެފި އެވެ.

މިމައްސަލައިގެ ކަންތައް ކުރިއަށްދާ ގޮތް ސާފުކުރުމަށް ބުދަ ދުވަހު ބޭއްވި ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސީނިއަރ ލީގަލް ކައުންސިލް އަޝްރަފް ރަޝީދު ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމަށް މިިހާރު މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި އަދި ޕްލޭންތަކެއް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވަނީ މި ފިހާރަތަކުގެ މިލްކުވެރިކަން ކައުންސިލްތަކަށް ލިބޭނެތޯއާއި މިހާރު އެތަންތަނުން ލިބޭ ކުލީގެ 40 އިންސައްތައިގެ ބަދަލުގައި 100 އިންސައްތަ ކަައުންސިލްތަކަށް ނުލިބެނީ ކީއްވެގެންތޯއާއި އަދި އެތަންތަން ތަރައްޤީ ކުރަން ކައުންސިލްތަކަށް ލިބޭތޯ ފިނޭންސްއާއި ސުވާލުކުރައްވާފަ އެވެ.

މިސުވާލުތަކަށް ޖަވާބުދެއްވަމުން އަޝްރަފް ރަޝީދު ވިދާޅުވީ މިފިހާރަތަށް ހިންގުން 2005 ވަނަ އަހަރުން ފެށިގެން ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއި ކަމަށާއި އެހެންނަމަވެސް މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން ފިހާރަތައް ކައުންސިލްތަަކަށް ރަޖިސްޓްރީ ކުރެވިގެންދާނެ ކަމަށެވެ. އަދި އެތަންތަނަށް ލިބޭ އާމްދަނީން 40 އިންސައްތަ ކައުންސިލްތަކަށް ދޭއިރު 100 އިންސައްތަ އަށް ބަދަލު ކުރުމާއި މެދު މަޝްވަރާތަކެއް ކުރެވޭ ކަމަށެެވެ.

އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ހަވާލު ނުކުރާތާ 4 އަހަރުވުމަށް ފަހު، ފައިސާ ޖަމާކޮށްދޭން ފަށާފައިވަނީ މެއި 2019 ގައެވެ.

އަތޮޅު ކައުންސިލްތަަކަށް ފައިސާ ލިބޭނެ ގޮތް ވަރަށް މަދުކަމަށާއި، ކައުންސިލްތަކަށް އަތޮޅު ފިހާރަތަކަކީ އޭގެ ތެރެއިން މުހިއްމު ވަސީލަތެއް ކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

މިކަމާއި ގުޅިގެން ތުލުދުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ މިހާރު ކޮންމެ އަތޮޅަކަށް ފިހާރައެއް ހުރިތޯއާއި އަދި މިތަންތަނުން ލިބޭ ޖުމްލަ އާމްދަނީގެ ތަފްސީލް ހޯދުމަށް އެދިވަޑައިގެންފައެވެ.

އެކަމާއި ގުޅިގެން އަޝްރަފް ވިދާޅުވީ އެ ތަފްސީލް ލިޔުމުން ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ.

އަތޮޅު ފިހާރަތަކަކީ އަތޮޅުގެ ބައިވެރިވުމާއެކު މާލޭގެ އުތުރު ފަރާތުގައި ގާއިމް ކޮށްފައިވާ ފިހާރަތަކެކެއެވެ.

އެކި އަގުގައި ކުއްޔަށްދީފައިވާ ފިހާރަތަކުން ކޮންމެ އަތޮޅެއްގެ ކައުންސިލަކަށް ވެސް ލިބެނީ އެ ފިހާރައެއް ކުއްޔަށްދީފައިވާ އަގުގެ 40 އިންސައްތައެވެ.

އަތޮޅު ފިހާރަތައް ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވެފައިވަނީ އަތޮޅު ފިހާރަތައް ތަރައްގީ ކުރުގެ ޕްލޭނެއް އެބައޮތް ކަމަށާއި، ނަމަވެސް ފުރަތަަމަ ކަމަކަށް އޮތީ މާލޭ ޕޯޓް ގުޅީ ފަޅަށް ބަދަލު ކުރުން ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް