Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލުތުފަރުގެ މަރުގެ މައްސަލަ

ލުތުފަރުގެ މަރުގެ މައްސަލަ: ދައުވާ ލިބޭ މީހުންނަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

4 ނޮވެމްބަރު 2020 | ބުދަ 07:28

ދިފާއީ ވަކީލަށް މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ ވަރަށް ފަހުން ކަމަށްވާތީ، ދިރާސާ ކުރުމަށްފަހު، ޖަވާބުދާރީ ވުމަށް ފުރުސަތެއް ދެއްވީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ނޮވެމްބަރު 2020 | ބުދަ 07:28
ލުތުފަރުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިދިއަ އޮކްޓޯބަރު 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

ލުތުފަރުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިދިއަ އޮކްޓޯބަރު 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނު ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބުދަ ދުވަހަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.

މިމައްސަލައިގެ ބުދަ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ، ދައުވާ ރައްދުވާ މީހުންނަށް ލިބެންޖެހޭ ލިޔެކިޔުންތައް ހަމައަށް ލިބުމުގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ ލިޔެކިޔުންތައް ލިބުނީ ވަރަށް ފަހުން ކަމަށްވާތީ، ދިފާއީ ވަކީލުންގެ އެދިލެއްވުމުގެ މަތިން، އެލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު، ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުގެ ގޮތުން ބުދަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރީ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ. އަދި ދެން ބޭއްވީ އަޑުއެހުމުގައި އޮންނާނީ ދައުވާ ރައްދުވާ މީހުން ދައުވާއަށް ޖަވާބުދާރީވުމެވެ. އެއަޑުއެހުން ބޭއްވޭނެ ވަކި ދުވަހެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

މި މައްސަލާގައި މިދިއަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަނީ ދައުލަތުން ދައުވާކުރާ ތިން ބިދޭސީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅާފައެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ބަންގްލަދޭޝް ތިން މީހެއްގެ މައްޗަށެވެ. އެއީ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަކޮތޮރު ހޮސައިންގެ މައްޗަށެވެ.

އޮކްޓޯބަރު 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ، ލުތުފަރު މަރާލި މައްސަލާގައި، އަލުން ދައުވާ އިއްވުމުގެ ފުރުސަތު ދެއްވާފައެވެ. އަދި ދައުވާ އިއްވުމުން، ދައުވާ ރައްދުވާ މީހުން ވަނީ އެދައުވާއަށް އިންކާރުކޮށްފައެވެ.

އެހެންކަމުން ޝަރީއަތުން ވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ.

އެ މީހުންގެ މައްޗަށް އިއްވި ދައުވާގައި ބުނެފައި ވަނީ، އަލަމިން އިތުރު ދެމީހަކާއެކު 21 އޭޕްރީލް 2019 ވަނަ ދުވަހު 21:30 އެހާކަންހާއިރު، އެމީހުން މަސައްކަތްކުރާ ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ލުތުފަރު ރަހްމާނާއި އަލަމިންއާ ދެމެދ ހިނގި ހަމަނުޖެހުމެއްގައި، ލުތުފަރު އެ ބޯޓުގެ ދިރުނބާކޮޅަށް ވައްޓާލައި، އަލަމިން އާއި އަހޮތޮރު، ލުުތުފަރުގެ ކަރާއި އަނގަޔާއި ނޭފަތުގައި ހިފަހައްޓައި ނޫރުލްއިސްލާމް، ލުތުފަރުގެ ގައިގާ ހިފަހައްޓައި، ލުތުރުފަރު މަރުވުމުން، ށ. ލައިމަގު ބަނދަރާ ދިމާލު ބޭރުން ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ދުރު ހިސާބަށް ލުތުފަރުގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް އިއުތިރާފް ވެފައިވާތީ، ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

ލުތުފަރު މަރާލިކަމަށް އެ ތިން މީހުން އިއުތިރާފްވެފައިވަނީ، މި މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގައެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ އިއްވުމުން، އަލަމިން އާއި ނޫރުލްއިސްލާމް، އެ ދައުވާއަށް އިންކާރު ކުރާކަމަށް ދެ މީހުންގެ ގާނޫނީ ވަކީލުން ވިދާޅުވިއެވެ.

އަހޮތޮރުގެ ގާނޫނީ ވަކީލެއް އައްޔަން ކުރެވިފައިނުވާތީ، އޭނާއަށް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ފުރުސަތު ދެއްވާފައެވެ.

ލުތުފަރު މަރާލި މައްސަލަ، އެ ތިން މީހުންގެ މައްޗަށް ސާބިތު ކުރުމަށް، ގިނަ ސަފަވީ ހެކިތަކާއި ކިތާބީ ހެކިތަކެއް ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް