ވާލަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
2 ނޮވެމްބަރު 2020 | ހޯމަ 12:23އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ

އަމްނާ އިމާދު | 2 ނޮވެމްބަރު 2020 | ހޯމަ 12:23

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ، ގިނަ ބަޔަކު ވާލަށް އަނިޔާކުރާތީ ނުރުހުން ފާޅުކޮށްފައި
ޖަނަވާރަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ޖަނަވާރަކަށް އަނިޔާވެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަނަލް އެޖެންސީ (އީޕީއޭ) އިން ފުލުހުންގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
ހޯމަ ދުވަހު ވާލެއް ބަދެ އޭނގެ ކަރުގައި ވާފަށެއް ޖަހާ ދަނޑިއެއްގައި އެލުވާފައި އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް އެ މައްސަލަ ބެލުމަށް ވެސް ވަނީ ގޮވާލާފައެވެ.








