Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ

ވެންޓިލޭޓަރު މައްސަލަ ރިވިއުކަރަން ޕީޖީގައި އެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މި ރިޕޯޓްގައި ޖުޑީޝަރީ ކޮމިޓީން ތިން ހުށަހެޅުމެއް ހުށަހަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ނޮވެމްބަރު 2020 | ހޯމަ 09:04
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެ ޕީޖީ ވަނީ ދައުވާނުކުރަން ނިންމާފައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެމައްސަލަ ދިރާސާކޮށްފައެވެ. އެމައްސަލަ ދިރާސާކުރުމަށްފަހު ޖުޑީޝަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް ހޯމަ ދުވަހުގެ ޖަލްސާއަށް ހުށައެޅުމަށްފަހު، ވަނީ ބަހުސްކޮށްފައެވެ. އަދި އެރިޕޯޓް ފާސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންވަނީ އެރިޕޯޓް ފާސްކޮށްފައެވެ.

Advertisement - newsAdvertisement

ކޮމެޓީން މި މައްސަލަ ނިންމިއިރު، ތިން ހުށަހެޅުމަށް ވަނީ ހުށަހަޅާފައެވެ. ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާއި ފުލުހުން ފަދަ ކަމާގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާއި ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާއެރުވުމެވެ. ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި، ކުރިން ޕީޖީއިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާއި މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާއެރުވުމެވެ. އަދި ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާކުރުމާމެދު ޕީޖީ އޮފީހުން ނިންމާ ނިންމުން ޖުޑީޝަރީ ކޮމިޓީއަށް ހިއްސާކުރުމެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މި މައްސަލަ ނިމެންދެން މަޖިލީހުންވެސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރުން ވެސް ވަނީ މިކަން ރަނގަޅަށް މަޖިލީހުން ބަލަންޖެހޭކަމަށް ވިދާޅުވެފައެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. މި މައްސަލައާއި ގުޅިގެން ކުރިމަތިވީ ފިއްތުންތަކާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު