Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހައްޔަރުކުރުން

ގާސިމް ބަންދުކުރި މައްސަލަ އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހަޅަނީ

އާދިއްތަ ދުވަހު ފުރަތަމަ ކަމަކަށް ހައިކޯޓަށް މައްސަލަ ހުށަހަޅާނަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 14:38
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކޯޓަށް ވަޑައިގަންނަވަނީ

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކޯޓަށް ވަޑައިގަންނަވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުކުރި މައްސަލަ އާދިއްތަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވަކީލުންގެ ޓީމުން ބުނެފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ގާސިމް ހައްޔަރުކޮށް ބަންދުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ ހެނދުނު އެންމެ ފުރަތަމަ ކަމަކަށް އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 12:20 ހާއިރު އެވެ. ގާސިމް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމް

ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައިވެ އެވެ.

ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން މ. ކުނޫޒްގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެ ކަންކަމަށް ބާރު ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަމުން ދާތީ އާއި މި ކަންތައްތަކަކީ މިހާރު ތަހުގީގު ކުރަމުންދާ ކަންތައްތަކެއް ކަމަށް ވާތީ، ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މި ކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމެއް ކަމެއް ކަމަށާއި، އަދި ގާސިމް އިބްރާހިމް މުޖުތަމައު އަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ފެނުމަކީ ވެސް އޭނާ ހައްޔަރު ކުރަންޖެހޭ ސަބަބެއް ކަމަށް ކޯޓް އަމުރުގައިވެ އެވެ.

ހައިކޯޓުން ގާސިމް ދޫކޮށްލުމަށް ކުރި އަމުރާއެކު މިމަހުގެ 12 ވަނަ ދުވަހު މިނިވަންވުމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މީގެ ކުރިން މިމަހުގެ ހަ ވަނަ ދުވަހު ވެސް ގާސިމް ހައްޔަރުކުރި އެވެ. އެ ފަހަރު ގާސިމް ހައްޔަރުކޮށް، ބަންދުގައި ހަ ދުވަހު ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ނަމަވެސް، ހައިކޯޓުން ވަނީ ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް މިނިވަން ކޮށްފަ އެވެ.

މިމަހުގެ 12 ވަނަ ދުވަހު ހައިކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ފާހަގަކޮށް، ގާސިމް މިހިނދުން މިހިނދަށް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ގާސިމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ފެނިގެން ނުވަތަ ކުށުގެ ވެށިން ނޫން ކަމަށެވެ.

އަދި ގާސިމް ހައްޔަރުކުރީ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅި ފޯމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންކަން އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ އަމުރަކީ ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން ގާސިމް ބަންދުކޮށްފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލުން ވެސް ވަނީ ގާސިމް ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް އެދި ފުލުހުންގެ ފަރާތުން އެ އޮފީހުގައި އެދިފައިނުވާ ކަމަށާއި، ގާސިމް ހައްޔަރުކުރި އަމުރަކީ ފުލުހުން އަމިއްލައަށް ކްރިމިނަލް ކޯޓުގައި އެދިގެން ނެރުނު އަމުރެއް ކަމަށް ވިދާޅުވެފަ އެވެ.

ހައިކޯޓުގައި އަމުރުގައި ބުނެފައިވަނީ ގާސިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނެރެފައިވާ އަމުރެއްގެ ދަށުން ގާސިމް ބަންދުކުރެވިފައިވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާކޮށްގެން ކަމަށްވާއިރު، ބާތިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލުކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުން ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރަކީ ގާނޫނާ ޚިލާފް ބާތިލް އަމުރެއްކަން އެނގޭ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު