Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުބާއީ ކުންފުނިން ވެންޓިލޭޓަރު ގަތުން

ވެންޓިލޭޓަރުގެ މައްސަލަ ނިމެންދެން މަޖިލީހުން އެކަމަށް ފާރަވެރި ވުމަކީ ޤާނޫނީ ވާޖިބެއް: ރައީސް ނަޝީދު

21 އޮކްޓޯބަރު 2020 | ބުދަ 05:42

ޚިލާފު އުފެދިފައިވާތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިމައްސަލަ އިތުރަށް ބެއްލުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޮކްޓޯބަރު 2020 | ބުދަ 05:42
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގައި ބައިވެރިވާ ފަރާތްތައް ކަނޑައެޅިގެން ހޯދި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި އަދި ދައުލަތަށް ގެއްލުންވި ފައިސާ އަނބުރާ ހޯދެން ދެން ރައްޔިތުންގެ މަޖިލިސް މި މަ އްސަލާގައި ފާރަވެރިވުމަކީ މަޖިލީހުގެ ޤާނޫނީ ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާ ފައްޓަވަމުން މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕޮލިސް ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ހިންގި ތަހުގީގުގަށް ފަހު، ޕްރޮސިކިއުޓަރ ޖެނެރަލް މިވަނީ ޚިލާފު އުފެދިފައި ކަމަށެވެ. އެގޮތުން އޭސީސީ އާއި ޕޮލިސް ގުޅިގެން ހިންގި ތަހުގީގުގައި ޕީޖީއަށް ދައުވާ އުފުލާނެ މިންވަރަށް ގަރީނާއެއް ނެތްކަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މި ޚިލާފު އުފެދިފައިވާތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި މައްސަލަ އިތުރަށް ބެއްލުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ވެންޓިލޭޓަރު ގެނައުުމުގައި ހެލްތް މިނިސްޓްރީން ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ އިރު އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން ބުނެފައި ވަނީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތްކަމަށެވެ. އެހެންކަމުން ވެންޓިލޭޓަރު މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުއުފުލުމަށް ޕީޖީ ވަނީ ނިންމާފައެވެ. ނަމަވެސް، އޭސީސީން ބުނެފައި ވަނީ އެ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ އެކަށީގެންވާ ވަރަށް ހެކި ހުރެގެން ކަމަށެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ހިނގާފައިވާ ކޮރަޕްޝަން މައްސަލާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 24 މެމްބަރަކު ސޮއިކުރައްވާ މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށް މިނިސްޓަރ ވަނީ އިސްތިއުފާ ދެއްވާފައެވެ. އަމީންގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، މިއީ "އަޅުގަނޑަށް އަމާޒުވީ ހަމަލާއެއް" ނޫން ކަމަށާއި، އިސްތިއުފާ ދެއްވަން ނިންމެވީ މަސްލަހަތަށްޓަކައި ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް