Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބާޕޭ ހޯދަން ކުރާ މަސައްކަތް

އެމްބާޕޭ ހޯދުމަށް ރެއާލުން އަނެއްކާވެސް މަސައްކަތް ކުރަނީ

20 އޮކްޓޯބަރު 2020 | އަންގާރަ 12:37

މީގެ ކުރިން ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޮކްޓޯބަރު 2020 | އަންގާރަ 12:37
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑުން އަނެއްކާވެސް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެމްބާޕޭގެ އުމުރުން 14 އަހަރުގައި އޭނާ ހޯދުމަށް ރެއާލުން ފުރަތަމަ މަސައްކަތް ކުރިއިރު، ދެވަނަ ފަހަރަށް މަސައްކަތް ކުރީ އެމްބާޕޭ މޮނާކޯއަށް ކުޅުނު ދުވަސްވަރުއެވެ. އެކަމަކު 2017 ވަަނަ އަހަރު މޮނާކޯ ދޫކޮށް 145 މިލިޔަން ޔޫރޯއަށް އެމްބާޕޭ ބަދަލުވީ ޕީއެސްޖީއަށެވެ. އެއީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ.

ދާދި ފަހުން ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި އުމުރުން 21 އަހަރުގެ އެމްބާޕޭ ހޯދުމަށް ރެއާލުން އަލުން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެމްބާޕޭ ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ޕީއެސްޖީގެ އެއްބަސްވުން އާކުރަން އެމްބާޕޭ ބޭނުންނުވާތީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީން އެމްބާޕޭ ވިއްކާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ އަންނަ އަހަރު ޕީއެސްޖީއަށް އެމްބާޕޭ ވިއްކާނުލެވިއްޖެ ނަމަ، 2022 ވަނަ އަހަރު އެމްބާޕޭއަށް ހިލޭ ޓްރާންސްފައެއްގެ ދަށުން ކުލަބު ބަދަލުކުރެވޭނެތީއެވެ.

ރެއާލުން އެމްބާޕޭ ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނައިރު، ޕީއެސްޖީން އޭނާ ވިއްކާލުމަށް ބޭނުންވަނީ 200 މިލިޔަން ޔޫރޯއަށް ކަމަށް ފްރާންސްގެ މިޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އެ އަދަދު ދައްކަން ރެއާލުން ބޭނުންނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރެއާލުގެ އިތުރުން ލިވަޕޫލާއި، ޔުވެންޓަސް އަދި ބާސެލޯނާއިންވެސް އަންނަނީ އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޒުވާން އުމުރުގައި ފްރާންސާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދުން 128 މެޗުގައި 94 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް