Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަސްގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރު: ފުރާނައަށް އެންމެ ނުރައްކާވާ ގޮތަށް ހުރި ޒަޙަމްތަކަކީ ކަރާއި، މޭމަތީގައި ހުރި އަނިޔާގެ ޒަޙަމްތައް!

19 އޮކްޓޯބަރު 2020 | ހޯމަ 05:09

މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޮކްޓޯބަރު 2020 | ހޯމަ 05:09
ކްރިމިނަލް ކޯޓް: މި  އަޑުއެހުމަކީ ސިއްރު ނޫން ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާފައިވާ އަޑުއެހުމެއް

ކްރިމިނަލް ކޯޓް: މި އަޑުއެހުމަކީ ސިއްރު ނޫން ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާފައިވާ އަޑުއެހުމެއް

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ނޫން ހެކިވެރިއެއްގެ ހެކިބަސް ނަގައިފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަކީ ސިއްރު ނޫން ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާފައިވާ އަޑުއެހުމެކެވެ. އެގޮތުން މި އަޑުއެހުމުގައި ވަނީ އަނަސް އޭޑީކޭއަށް ގެންދިޔައިރު ޑޮކްޓަރެއްގެ ހައިސިއްޔަތުން ހަށިގަނޑަށް އެޓެންޑްވި އަދި މި މައްސަލައިގެ އެކްސްޕާރޓް އޮޕީނިއަންއެއް ހޯދުމަށް ޑރ އިބްރާހިމް މޫމިންގެ ހެކިބަސް ނަގާފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ އިބްރާޙިމް ވިދާޅުވީ، ޙާދިސާ ހިނގިއިރު ވެސް އަދި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭޑީކޭގައި އޮޕަރޭޝަންސް ޑޮކްޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އަނަސްގެ ހަށިގަނޑަށް އެޓެންޑް ވީއިރު، އީއާރް ޑޮކްޓަރުން ބަލި މީހާ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި، އޭރު އެއްވެސް ވިންދު އަދި ޙަރަކާތް ވެސް ނެތް ކަމަށެވެ. އަދި އޭރު ހަށިގަނޑުގެ އެކި ތަންތަނުގައި ބޮޑެތި ޒަޙަމްތައް ފެންނަން ހުރި ކަމަށާއި، މެޑިކޯ ލީގަލް ރިޕޯޓުގައި އެކަމުގެ ތަފްސީލުތައް ހިމަނާފައިވާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، އެންމެ ފުރާނައަށް ނުރައްކާވާ ގޮތަށް ހުރި ޒަޙަމްތަކަކީ ކަރާއި، މޭމައްޗަށް ދީފައިވާ އަނިޔާގެ ޒަޙަމްތައް ކަމަށެވެ. އަދި އޭގެ އިތުރުން ވެސް 24 ވަރަކަށް ޒަޙަމް ފެންނަން ހުރި ކަމަށާއި، މި ޒަޙަމްތަކަކީ ވަގުތުން މީހާ މަރުވާ ޒާތުގެ ޒަޙަމްތަކެއްކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

ދައުލަތުން ކުރި ސުވާލުތަކާ ގުޅިގެން ހެކިބަސް ދެއްވަމުން ޑޮކްޓަރ އިތުރަށް ވިދާޅުވީ، އަނަސް މަރުވެފައިވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން ހަށިގަނޑުން ލޭމަދުވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މި މައްސަލައިގައި ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، އަނަސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށާއި، ގެނައި އިރުވެސް ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި ބައެއް ޒަޙަމްތަކަށް ބަލާއިރު ފުއްޕާމެއަށް ވެސް ޒަޙަމްގެ އަސަރުތައް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރ އިތުރަށް ވިދާޅުވީ، ލިބިފައިވާ ތަޖުރިބާގެ އަލީގައި ވިދާޅުވާނަމަ، އަނަސް މަރުވި ކަމަށް ބެލެވެނީ ލިބިފައިވާ ޒަޙަމްތަކާއި އަނިޔާގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަ ކުރެއްވި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މި މައްސަލައިގައި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވިދާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަހު ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުން ފަސް ކޮށްފައިވަނީ އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތަކަށް ލިޔެކިއުން ލިބިފައިނުވާތީއެވެ.

މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ވަޅުލިތާ 27 ދުވަސް ފަހުން ރައުދާގެ ހަށިގަނޑު ނަގައިފި

24 އެޕްރީލު 2017
ވަޅުލިތާ 27 ދުވަސް ފަހުން ރައުދާގެ ހަށިގަނޑު ނަގައިފި
24 އެޕްރީލު 2017

ހަށިގަނޑު ޖަލަށް ލިޔަސް، އަޒުމާއި ގުރުބާނީ ޖަލަކަށް ނުލެވޭނެ: ޝައިޚް އިމްރާން

24 އެޕްރީލު 2017
ހަށިގަނޑު ޖަލަށް ލިޔަސް، އަޒުމާއި ގުރުބާނީ ޖަލަކަށް ނުލެވޭނެ: ޝައިޚް އިމްރާން
23 އެޕްރީލު 2017

ޔާމީންގެ ހަށިގަނޑު ވަޅުލައިފި

23 އެޕްރީލު 2017
ޔާމީންގެ ހަށިގަނޑު ވަޅުލައިފި
01 އެޕްރީލު 2017

ރައުދާގެ ހަށިގަނޑު ވަޅުލައިފި

01 އެޕްރީލު 2017
ރައުދާގެ ހަށިގަނޑު ވަޅުލައިފި
31 މާރިޗު 2017

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ

31 މާރިޗު 2017
މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ
30 މާރިޗު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް