Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑުތަކުރުފާނު ވާހަކަ

"ބޮޑުތަކުރުފާނު ވާހަކަ - ފޯކުލޯރާއި ދިރާސީ ހަޤީޤަތް" މާދަމާ ޔޫޓިއުބުން!

މާދަމާ ހަވީރު 16:30 ގައި ޔޫޓިއުބު މެދުވެރިކޮށް، އެދަރުސް ހެރިޓޭޖް މިނިސްޓްރީން ފޮނުވާގޮތަށް ވަނީ ހަމަޖެހިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އޮކްޓޯބަރު 2020 | ހޮނިހިރު 17:23
ހެރިޓޭޖް މިނިސްޓްރީގެ އާންމުކޮށްފައިވާ އިސްތިހާރު

ހެރިޓޭޖް މިނިސްޓްރީގެ އާންމުކޮށްފައިވާ އިސްތިހާރު

ޤައުމީ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހާއްސަ ދަރުހެއް ގެނެސް ދިނުމަށް ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، "ބޮޑުތަކުރުފާނު ވާހަކަ - ފޯކުލޯރާއި ދިރާސީ ހަޤީޤަތް" އެ މިނިސްޓްރީގެ ޔޫޓިއުބު ޗެނަލް މެދުވެރިކޮށް، ހުށަހަޅުއްވައި ދެއްވާނީ މިނިސްޓްރީގެ ރިސަރޗް އެނަލިސްޓުން ކަމަށްވާ އަހުމަދު އަލާ އާއި މުހައްމަދު ނާޖިހު އެވެ. އެ ދެ ބޭފުޅުންނަކީ ވެސް ރާއްޖޭގެ ސަގާފަތް ދިރުވައި އާލާ ކުރުމާއި، ދިވެހި ތާރީހާއި ސަގާފަތާ ގުޅޭ ގިނަ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާއި ހިއްސާ ކުރުމުގައި ވެސް އުޅުއްވާ ދެބޭފުޅުންނެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ މިނިސްޓްރީގެ ރިސަރޗް އެނަލިސްޓުން ކަމަށްވާ އަލާ އާއި ނާޖިހު ހުށަހަޅުއްވައި ދެއްވާ އެ ދަރުސް އާދިއްތަ ދުވަހުގެ ހަވީރު 16:30 ޔޫޓިއުބު ޗެނަލް މެދުވެރިކޮށް ގެނެސްދެވޭނެއެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަނީ، 1 ރަބީއުލްއައްވަލް 981 ވިލޭރޭ އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާއްދީތަ މަހާރަދުން، އެރަދުންގެ އެކުވެރިން ކޮޅަކާ އެކު މާލެ އަރާވަޑައިގެން އޭރު ރާއްޖެ އިސްތިޢުމާރު ކޮށްގެން ތިބި ޕޯޗުގީޒުންނާއި ހަނގުރާމަކުރައްވައި ފަތަހަ ހޯއްދެވި ތާރީޚީ ހާދިސާ ގުޅިގެންނެވެ. އެ ދުވަހަކީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. މި އަހަރު މި ފާހަގަ ކުރަނީ 77 ވަނަ ޤައުމީ ދުވަހެވެ. މިއަހަރުގެ ޤައުމީ ދުވަސް މީލާދީ ގޮތުން ދިމާވަނީ 18 އޮކްޓޯބަރު ވާ އާދިއްތަ (މާދަމާ)އަށެވެ.

އެންމެ ފުރަތަމަ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފައި ވަނީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 1946 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް އާދިއްތަ ދުވަހު ފަތިހު 5:45 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތުން ފެށިގެންދާއިރު، ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ. އަދި ހާއްސަ ޖަލްސާއެއް ބޭއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާޠަބު ކުރައްވާ ހިޠާބެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު