Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިކޮނޮމިކް ރެސްޕޯންސަށް 1.1 ބިލިއަން

އިކޮނޮމިކް ރެސްޕޮންސަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފި

17 އޮކްޓޯބަރު 2020 | ހޮނިހިރު 03:48

އެންމެ ގިނަ ހަރަދެއް ހިނގާފައިވަނީ ރިކަވަރީ ލޯނަށް

މަޚްތޫމް
މަޚްތޫމް | 17 އޮކްޓޯބަރު 2020 | ހޮނިހިރު 03:48
މާލޭގެ ނޯތް ހާބަުގައި ބޯޓަކަށް މުދާ ބަރުކުރަނީ؛ މާލީގޮތުން ގެއްލުންތަކާއި ދިމާވި ވިޔަފާރިއާއި އާންމު ފަރާތްތަކަށް ސަރުކާރުން ދަނީ މާލީ އެހީތެރިކަން ދެމުން

މާލޭގެ ނޯތް ހާބަުގައި ބޯޓަކަށް މުދާ ބަރުކުރަނީ؛ މާލީގޮތުން ގެއްލުންތަކާއި ދިމާވި ވިޔަފާރިއާއި އާންމު ފަރާތްތަކަށް ސަރުކާރުން ދަނީ މާލީ އެހީތެރިކަން ދެމުން | ރާއްޖެއެމްވީ

ކޮވިޑް-19 ފެތުރެން ފެށިފަހުން އިކޮނޮމިކް ރެސްޕޮންސަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާތަނަށް 1142.5 މިލިއަން ނުވަތަ (1.14 ބިލިއަން) ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހަރަދު ކޮށްފައިވާ އަދަދެވެ. މި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަ ކޮށްފައިވަނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށެވެ. އެގޮތުން ލޯން ސްކީމްތަކަށް މިހާތަނަށް އައި އިރު 1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ރިކަވަރީ ލޯން ސްކީމް ދެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރިސޯޓްތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލީ ގޮތުން ނޭދެވޭ އަސަރު ކޮށްފައިވާނަމައެވެ. އަދި މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓްގައި، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުއެވެ.

ރިކަވަރީ ލޯންގެ ގޮތުގައި މިހާތަނަށް ބީއެމްއެލް މެދުވެރިކޮށް 381 ވިޔަފާރިއަކަށް 530 މިލިއަން ރުފިޔާއާއި، 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް 1816 ވިޔަފާރިއަކަށް 300.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ދެން އެންމެ ގިނަ އަދަދަކަށް ހަރަދު ކޮށްފައިވަނީ އިންކަމް ސަޕޯޓް އެލަވަންސަށެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 101.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 23،908 މީހުން އެދިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ. އަދި އެލަވަންސަށް އެދުނު މީހުންގެ ތެރެއިން 9639 މީހުންނަށް މިހާރު މި އެލަވަންސް ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން މި އެލަވަންސް މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާފައިވާ އިރު، އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ގިނަވެގެން ލިބޭނީ 5،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އިކޮނަމިކް ރެސްޕޮންސް ސްޕެންޑިންގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓް ޑިސްކައުންޓުގެ ގޮތުގައި 48.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ނަމަވެސް މެއި މަހުގެ ނިޔަލަށް ކަރަންޓާއި ފެނުގެ ޑިސްކައުންޓުން ޖުމްލަ 10.2 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް