Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިއާގޯ އާއި މާނޭ ވައިރަހުން ރަނގަޅުވުން

ކޮވިޑް-19 އިން ރަނގަޅުވެ ތިއާގޯ އާއި މާނޭ ލިވަޕޫލުގެ ފަރިތަކުރުންތަކަށް

14 އޮކްޓޯބަރު 2020 | ބުދަ 10:42

ވައިރަހުން ރަނގަޅުވެ އަންގާރަ ދުވަހު ލިވަޕޫލުން ބޭއްވި ފަރިތަކުރުންތަކުގައި ތިއާގޯ އާއި މާނޭ ވަނީ ބައިވެރިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޮކްޓޯބަރު 2020 | ބުދަ 10:42
މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އާއި ފޯވާޑް ސަޑިއޯ މާނޭ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި

މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އާއި ފޯވާޑް ސަޑިއޯ މާނޭ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި

ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އާއި ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ކޮވިޑް-19 އިން ރަނގަޅުވެ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ތިއާގޯ އާއި މާނޭގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ތިއާގޯއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ލިވަޕޫލުން ވަނީ ތިއާގޯ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އަދި އޭގެ ފަހުން މި މަހުގެ ދެވަނަ ދުވަހު ލިވަޕޫލުން ވަނީ މާނޭ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ.

ލިވަޕޫލުން އޭރު ނެރުނު ބަޔާނުގައި ވަނީ އެ ދެ ކުޅުންތެރިންގެ ހަށިގަނޑުންވެސް ވައިރަހުގެ އަލާމާތްތަކެއް ފެނުނު ކަމަށާއި، އެއާއެކު ދެ ކުޅުންތެރިންވެެސް އައިސޮލޭޓްވި ކަމަށް ބުނެފައެވެ.

މާނޭ އާއި ތިއާގޯ ނުލާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ލިވަޕޫލް ވަނީ ލަދުވެތިގޮތަކަށް 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. މިއީ 1963 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ލިވަޕޫލް ކޮޅަށް ހަތް ލަނޑު ވަން ފުރަތަމަ މެޗެވެ.

ބައިނަލްއަގުވާމީ މެޗުތަކަށްފަހު ޕްރިމިއާ ލީގުގައި ލިވަޕޫލުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ޑާބީ މެޗުގައި އެވަޓަނާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަށް ތައްޔާރުވުމަށް ލިވަޕޫލުން ދާދި ފަހުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ތިއާގޯ އާއި މާނޭ ބައިވެރިވެފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އެ މެޗުގައި އެ ދެ ކުޅުންތެރިންވެސް ފެނިގެންދާނެއެވެ.

ލީގު ތާވަލަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު އޮތީ އެވަޓަނެވެ. އެވަޓަނުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާއިރު، އެ ޓީމުން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް