Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދީބާޖާ މައްސަލަ

ދީބާޖާ މައްސަލަ: ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށް ދައުލަތުން އެދެފި

ދީބާޖާއިން ގެއްލުމުގެ ބަދަލު ނަގައިދޭ ސިވިލް ކޯޓަށް ހުށަހެޅީ 2،410،343،580ރ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2020 | ބުދަ 08:18
ދީބާޖާ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުގެ މަންޒަރެއް

ދީބާޖާ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުގެ މަންޒަރެއް

ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ހަވާލު ކުރި، ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދައުލަތުންގެ ފަރާތުން ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި މިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދެފިއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި މި އަޑުއެހުމަކީ، ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން، ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ޖެނުއަރީ 22 ގައެވެ. އަދި އެއީ އެ ކޯޓުގެ ގަވައިދާ އެއްގޮތަށް ހުށައެޅިފައިވާ މައްސަލައެއް ކަމުގައިވާތީ މައްސަލަ ހުށައެޅުމަށް ވަނީ ހުއްދަ ދީފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން، މިމައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު އެވެ. ދެން ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރާލްދާ ޒާހިރު އަދި ޑރ. މުޙައްމަދު އިބްރާހީމް އެވެ.

ބުދަ ދުވަހުގެ އަޑުއެހުން ނިންމާލެއްވީ ދީބާޖާއިން ފާހަގަ ކުރެއްވި އިޖުރާއީ ނުކުތާތައް ބަލައިގަނެ، ދައުލަތުގެ ފަރާތުން ދެން ބާއްވާ އަޑުއެހުމުގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދެވޭނެ ކަމަށާއި އެގޮތުން ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބޭއްވޭނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

މި އަޑުއެހުމުގައި ދައުލަތުން ފަރާތުން އެދުނީ، އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެެ. ސަބަބެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ސިވިލް ކޯޓުން ހުކުމާއި ލިބެން ޖެހޭ ލިޔެކިޔުންތައް ދައުލަތް ލިބުން ލަސްވެގެން، ހައިކޯޓުގައި އިސްތިނާފް ކުރަން ޖެހޭ މުއްދަތުގައި އިސްތިއުނާފް ކުރެވިފައިނުވާ ކަމަށެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރަތް އޮތް މުއްދަތު ފަހަނަ އަޅާ ދިއުމުން އެ މައްސަލަ ހައިކޯޓުން ބަލައިގެން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، ހައިކޯޓުގެ ހުކުމް ބާތިލްކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން، ނިންމި ނިންމުމެއް ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ އެނިންމުން ބާތިލްކޮށް، މި މައްސަލައިގެ މައުލޫއީ ގޮތުން ކުރިއަށް ގެންދަވާނަމަ ހައިކޯޓުގެ ހުކުމަށް ތާއިދު ކޮށްދެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމަށް އެދިފައިވާ މި މައްސަލާގައި އެދިފައި ވެއެވެ.

ހައިކޯޓުގެ ނިންމުގައި ވަނީ، މިމައްސަލައިގެ ހަގީގަތްތަކަށް ބަލާއިރު، މި ޕްރޮޖެކްޓަކީ ކޮންޓްރެކްޓް މުއްދަތަށް ސަރވިސް ޕްރޮވައިޑަރ ފައިނޭންސް ކުރާ ގޮތަށް އޮތް ޕްރޮޖެކްޓެއްކަން ފާހަގަވާ ކަމަށާއި ސަރުކާރުން ދޭން ބަޔާންކުރާ އެސެޓްސް ނުވަތަ ބިންތައް ލިބި ދިނުމުން ފައިނޭންސް ކުރާ ގޮތަށް އޮތް އެއްބަސްވުމެއް ނުވަތަ ޕްރޮޖެކްޓެއް ނޫން ކަމަށެވެ.

ހަމައެގޮތަށް، ދަތުރުފަތުރު ކުރުމާއި، ސަރުކާރުން ސަރވިސް ޕްރޮވައިޑަރ އަށް އެހީތެރިވުމުގެ ގޮތުން ދިނުމަށް ލާޒިމް ކޮށްފައިވާ ކަންތައްތަކަކީ އެއްކަމެއް އަނެއްކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ނޫންކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ ހުކުމުގައި ފާހަގަކޮށްފައިވޭ ސަރުކާރާއި ދީބާޖާއާ ދެމެދު އެއްބަސްވެވިފައިވާ އެއްބަސްވުމަކީ ވިޔަފާރި ނުވަތަ ކޮމާރޝަލް އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުމަކީ އާންމު ހިދްމަތް ދިނުމާބެހޭ އެއްބަސްވުމެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ އެއްބަސްވުމުގައި ބަލަން ޖެހޭނީ އެޑްމިނިސްޓްރޭޓިވް ގާނޫނުގެ ދަށުން ކަމަށާއި ސިވިލް ކޯޓުގެ ހުކުމުގައި އެއްބަސްވުމުގެ ދަށުން ހިދްމަތްދޭ ފަރާތަށް ގެއްލުން ކުރިމަތިވާނެ ކަންކަމުން އެފަދަ ތަންތަނަށް ނަފާ ލިބިދޭނެ ގޮތަށް ކަންކަން ކުރުމަކީ ދައުލަތުގެ މާއްޗަށް ލާޒިމް ކަމެއް ކަމަށް ބަޔާންކޮށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، މިއެއްބަސްވުމަކީ އިދާރީ އެއްބަސްވުމެއްކަން ނުވަތަ ނޫންކަން ރަނގަޅަށް ދެނެގަނެވިފައި ނެތުމުން ނިންމާފައިވާ ނުރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ހައިކޯޓުން ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމުގައި ވެއެވެ. އަދި ސިވިލް ކޯޓުގެ އެ ހުކުމުގައި ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ކަމަށް ނިންމާފައިވަނީ، ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ އަސާސީ ކަންކަމަށް ބެލުމެއްނެތި، އެއްބަސްވުމާއި ހިލާފްވިކަން ސާބިތު ކުރުމެއް ނެތި، އަދި ދައުވާގެ ސީޤާގައި ބަޔާންކޮށްފައިނުވާ، ގެއްލުމުގެ ބަދަލެއްކަމާއި ދައުވާގެ ސީޤާގައި ބަޔާންކޮށްފައިވަނީ މުސްތަޤްބަލުގައި ލިބޭނެ ގެއްލުމެއްކަން ވެސް 22 ޖުލައި 2015 ވަނަ ދުވަހު ހައިކޯޓުން ނިންމި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގާދިނުމަށް އެދިފައިވަނީ، 2،410،343،580ރ އެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348،995،154ރ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ އެހުކުމް ކުރި ތާރީހް ކަމަށްވާ 5 ފެބްރުއަރީ 2015 ވަނަ ވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދީވާޖާއަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލު ކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރިމުން ދީބާޖާ އިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށެހެޅި މައްސަލަ އެކެވެ.

މައްސަލާގައި 17 އޭޕްރީލް 2019 ވަނަ ދުވަހު، ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާއި، އަދި ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ އުސޫލުތަކާއި، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަަމަށެވެ. އެގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ދީބާޖާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުގަައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު