Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް ކޮލިފައިންގ

އާޖެންޓީނާ އާއި ބްރެޒިލަށް މޮޅެއް

14 އޮކްޓޯބަރު 2020 | ބުދަ 06:04

ބޮލިވިއާ އަތުން އާޖެންޓީނާ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޮކްޓޯބަރު 2020 | ބުދަ 06:04
ބޮލިވިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 2-1 ން

ބޮލިވިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 2-1 ން

ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ބުރުގައި އަންގާރަ ދުވަހުގެރޭ ބޮލިވިއާ އަތުން އާޖެންޓީނާ ހަނިގޮތަކަށް މޮޅުވިއިރު، ނޭމާގެ ހެޓްރިކާއެކު ޕެރޫ އަތުން ބްރެޒިލް މޮޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ބޮލިވިއާގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ ފަހަތުން އަރައި 2-1 ންނެވެ.

މި މެޗުގެ ކުރީކޮޅު ބޮލިވިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މޮރޭނޯ މާޓިންސްއެވެ.

އެކަމަކު އާޖެންޓީނާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާޖެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދިނީ ފޯވާޑް ލަޓާރޯ މާޓިނޭޒެވެ. މިއީ 2016 ގެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާއަށް އެ ގައުމުގެ ކެޕްޓަން ލިއޮނަލް މެސީ ނޫން ކުޅުންތެރިއަކު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މި މެޗުން އާޖެންޓީނާ މޮޅުވީ މެޗުގެ 79 ވަނަ މިނެޓުގައި ޔޯކުއީން ކޮރޭއާ ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ މާޓިނޭޒްގެ އެހީއާއެކުއެވެ.

މީގެ އިތުރުން ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ބުރުގައި އަންގާރަ ދުވަހުގެރޭ ޕެރޫ އަތުން ބްރެޒިލް މޮޅުވީ 4-2 ންނެވެ.

ޕެރޫގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަ ވަނަ މިނެޓުގައި މި ލަނޑު ޕެރޫއަށް ކާމިޔާބުކޮށްދިނީ އަންދްރޭ ކަރީއްޔޯއެވެ. އެކަމަކު މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޭމާ ވަނީ ބްރެޒިލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައި އޮތް ނަމަވެސް، ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ރެެެނާޓޯ ޓަޕިއާގެ ލަނޑުން ޕެރޫން ވަނީ މެޗުގައި އަލުން ލީޑު ނަގާފައެވެ. އޭގެ ފަސް މިނެޓު ފަހުން ބްރެޒިލުން އަނެއްކާވެސް ނަތީޖާ އެއްވަރުކުރީ ރިޗާލިސަން ޖެހި ލަނޑުންނެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ނޭމާ ވަނީ ޕެނަލްޓީއަކުން ބްރެޒިލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން ޕެރޫގެ ދެ ކުޅުންތެރިއަކަށް ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ. އެއީ އެ ޓީމު ކާލޮސް ކެސޭޑާ އާއި ކާލޮސް ޒަމްބްރާނޯއަށެވެ. މި މެޗުގައި ނޭމާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައިވަނީ އިތުރު ވަގުތުގައި ޖެހި ލަނޑާއެކުއެވެ.

މި ހެޓްރިކާއެކު ނޭމާ ވަނީ ބްރެޒިލުގެ ގައުމީ ޓީމަށް 64 ލަނޑު ޖަހައިދީ، ބްރެޒިލަށް ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ލަނޑު ލިސްޓުގެ ދެވަނައަށް ނޭމާ ޖެހިލީ 62 ލަނޑު ޖަހާފައިވާ ލެޖެންޑަރީ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ފަހަތަށް ޖައްސާލުމަށްފަހުއެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ 77 ލަނޑު ޖަހައިގެން ފުޓްބޯޅަ ލެޖެންޑް ޕެލޭއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް