Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ މަސައްކަތް ކުރާނީ ސްޓައިލްގައި: ފައްޔާޒު

ސަރުކާރާމެދު ރައްޔިތުން ހިތްހަމަ ނުޖެހިފައި ތިބި މިންވަރު ވަރަށް ރަނގަޅަށް ވަނީ ފެނިފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 17:40
ލ.ގަމުގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހިޔާލު ވަނީ ހޯދާފައި

ލ.ގަމުގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހިޔާލު ވަނީ ހޯދާފައި

އެމްޑީޕީން ލ އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ޝުއޫރު ހުރި ނެތްގޮތްބަލައި އޮޅުންފިލުވައިފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ޝިފާޒް ވިދާޅވީ ލ.އަތޮޅަށް މި ކުރާ ދަތުރުގައި ލ.އަތޮޅުގެ ރައްޔިތުން ތިބި ގޮތް ވަރަށް ސާފުވެގެންދާނެކަމަށެވެ. އަދި ލ.އަތޮޅަކީ އިދިކޮޅު ކޯލިޝަނަށް ބޮޑު ތާއީދެއް އޮތް އަތޮޅެއް ކަމުން މެޖޯރިޓީ އެމްޑީޕީއަށް ލިބޭނޭކަމާމެދު ޝައްކު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ލ.ގަމުގެ އަވަށްތަކުގައި އެމްޑީޕީން ބުރާސްފަތި ދުވަހު މެންދުރުފަހު ދޮރަށް ހިނގީ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ކްނޑިޑޭޓުން ހިމެނޭގޮތަށް 6ޓީމަކަށް ބަހާލައިގެންނެވެ.

މި ޓީމުތައް ވަނީގަމުގެ އެކި އަވަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޝުއޫރު ހުރި ނެތްގޮތް ބަލާފައެވެ.

ދޮރުންދޮރަށް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަމު ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިހާރު މި ރާއްޖޭގެ ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މި ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓުންނަށް މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ބޮޑުކަމުން މި އިންތިޚާބު ނުބޭއްވުމަށް ނުވަތަ އަދިވެސް ފަސްކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިއްޖެނަމަ ޔަގީނުންވެސް މި އިންތިޚާބު ކާމިޔާބު ކުރާނެ ބަޔަކީ އެމްޑީޕީ ނުވަތަ ގުޅިފައިވާ ކޯލިޝަންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރުތަކުގައި މިސަރުކާރާމެދު ރައްޔިތުން ހިތްހަމަ ނުޖެހިފައި ތިބި މިންވަރު ވަރަށް ރަނގަޅަށް ވަނީ ފެނިގެންގޮސްފައެވެ.

"އެމްޑީޕީ އަކީ އަބަދުވެސް ސްޓައިލްގައި މަސައްކަތް ކުރާބައެއް. ރައްޔިތުންގެ ކައިރިއަށްގޮސް އަޅުގަނޑުމެން އެ ރައްޔިތުންގެ ޝުއޫރުތައް މިދަނީ ހޯދަމުން.ޕޮލިސީތައް ބައްޓަން ކުރަނީ އެ ޝުއޫރުތަކަށް ބަލައިގެން. އެމަސައްކަތް އަޅުގަނޑުމެން މި ކުރަނީ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ސަރުކާރަށް ކުރިން ތާއީދުކުރަމުން ވަރުގަދަ ސިޔާސީ ފަރާތްތަކުން މި ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، ރާއްޖެގެ އެކި ކަންކޮޅުތަކުން ފާޅުކުރަމުންދާ ޝުއޫރު ތަކާއިއެކު ރައްޔިތުންވެސް މި ސަރުކާރަށް ތާއީދު ނުކުރާކަން މި އިންތިޚާބުގައި ދައްކާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު