Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު ފޯމެޓް ބަދަލުކުރުން

ޕްރިމިއާ ލީގުގެ ފޯމެޓް ބަދަލުކުރަން ވެސްޓް ހޭމް ދެކޮޅު

12 އޮކްޓޯބަރު 2020 | ހޯމަ 16:24

ޕްރިމިއާ ލީގު ފޯމެޓް ބަދަލުކުރަން ޔުނައިޓެޑާއި ލިވަޕޫލުން ވަނީ ރުހުން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އޮކްޓޯބަރު 2020 | ހޯމަ 16:24
ވެސްޓް ހޭމް ޔުނައިޓެޑުގެ ދަނޑު

ވެސްޓް ހޭމް ޔުނައިޓެޑުގެ ދަނޑު

މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ އެހީތެރިކަމާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ފޯމެޓް ބަދަލުކުރަން ހުށަހަޅާ ޕްރޮޕޯސަލަށް ވެސްޓް ހޭމް ޔުނައިޓެޑް ދެކޮޅު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި ރިޕޯޓުތައް ބުނާ ގޮތުން "ޕްރޮޖެކްޓް ބިގް ޕިކްޗާ" ގެ ނަމުގައި ހުށަހަޅަން ތައްޔާރުކުރަމުން އަންނަ ޕްރޮޕޯސަލުގައި ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 20ން 18ށް ކުޑަކުރުމުގެ އިތުރަށް، އިނގިރޭސި ލީގު ކަޕް އުވާލުމަށްވެސް ހުށަހަޅާނެއެވެ. އަދި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުވެސް ނުބޭއްވުމަށް ހުށަހަޅާނެއެވެ. މީގެ އިތުރުން އީއެފްއެލް ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަނާއި ރަނަރަޕް ޓީމަށް ސީދާ ޕްރިމިއާ ލީގުން ޖާގަ ދޭ ގޮތަށް ހިމެނުމާއި، ޕްރިމިއާ ލީގުގެ 16 ވަނައިގައި ނިންމާ ޓީމު ޕްލޭއޮފުގައި ކުޅެން ޖެހޭ ގޮތް ހަދަން ޕްރޮޕޯސަލުގައި ހުށަހަޅާފައިވެއެވެ.

މި ޕްރޮޕޯސަލަށް ޔުނައިޓެޑާއި ލިވަޕޫލުން ރުހުން ދީފައިވާއިރު، ޕްރޮޕޯސަލާ ގުޅޭގޮތުން ވަރަށް އަވަހަށް މެންޗެސްޓާ ސިޓީ އާއި، ޓޮޓެންހަމް ހޮޓްސްޕާ އާއި، ޗެލްސީ އަދި އާސެނަލާވެސް މަޝްވަރާކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޕްރޮޕޯސަލުގައި ވޯޓުލުމުގެ ހާއްސަ ބާރުތަކެއް ލިބިގެންދާ ނުވަ ކުލަބުގެ ތެރޭގައި ވެސްޓް ހޭމް ހިމެނުނު ނަމަވެސް، އެ ޓީމުގެ އޮފިޝަލަކު ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވަނީ ލީގު ފޯމެޓް ބަދަލުކުރަން އެ ކުލަބު ދެކޮޅު ކަމަށް ބުނެފައެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުން މި ޕްރޮޕޯސަލަށް އިނގިރޭސިވިލާތުގެ ސަރުކާރުންވެސް ދެކޮޅެވެ.

އިނގިރޭސި މީޑިއާތަކުގައި މި ޕްރޮޕޯސަލުގެ ވާހަކަ ފެތުރުމާއެކު ޕްރިމިއާ ލީގުގެ ބޯޑުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ އިނގިރޭސި ލީގަކީ މުޅި ދުނިޔޭގައިވެސް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައިވާ މުބާރާތެއް ކަމަށާއި، މާލީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ބޮޑު ބަދަލުތަކެއް ގެންނަން ވިސްނުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އައު ޕްރޮޕޯސަލުގައިވާ ގޮތުން ޕްރިމިއާ ލީގު މެދުވެރިކޮށް ލިބޭ ބޮޑު އާމްދަނީގެ ބައެއް ދަށް ޑިވިޝަން ކުރިއެރުމަށްވެސް ޚަރަދުކުރަން ޖެހެއެވެ. އެއާއެކު އީއެފްއެލްގެ ޗެއާމަން ރިކް ޕެރީ ވަނީ މި ޕްރޮޕޯސަލަށް މަރުހަބާ ކިޔާފައެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 18ށް ކުޑަކުރުމު މަސައްކަތް ކުރަމުން އަންނައިރު، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން 18 ޓީމާއެކު މި ވަގުތު ލީގު ކުރިއަށްގެންދާ ހަމައެކަނި ލީގަކީ ޖަރުމަން ލީގެވެ. ޕްރިމިއާ ލީގުގައި މިހާރު 20 ޓީމު ހިމެނޭއިރު، އެފްއޭ ކަޕުގެ އިތުރަށް ލީގު ކަޕް ކުޅެން ޖެހުމާއެކު، ޓީމުތަކަށް ބާރުބޮޑުވާ ކަމަށް ބުނެ އެކިފަހަރު މަތިން ޓީމުތަކުގެ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް