Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮޗެޓީނޯ ހޯދަން ކުރާ މަސައްކަތް

ޕޮޗެޓީނޯއަށް މެންޗެސްޓާގެ ދެ ކުލަބުން ފާރަލަނީ

11 އޮކްޓޯބަރު 2020 | އާދީއްތަ 11:51

ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އޮކްޓޯބަރު 2020 | އާދީއްތަ 11:51
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ. ޕޮޗެޓީނޯ ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމަށް އަލަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން އަންނަނީ އެ ޓީމުގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ބަދަލުގައި ޕޮޗެޓީނޯ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ މެނޭޖުމަންޓުން ސޯލްޝެއާ ވަކިކޮށް އައު ކޯޗެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ސިޓީން ޕޮޗެޓީނޯއަށް ފާރަލަމުން އަންނަނީ އެ ޓީމުގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާގެ އެއްބެސްވުން ހަމަވުމުން ޕޮޗެޓީނޯ ގެނައުމަށެވެ. ގާޑިއޯލާ މި ވަގުތު ސިޓީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ.

އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ހޯދުމަށް ސިޓީ އާއި ޔުނައިޓެޑުންވެސް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން އޭނާ ހޯދުމަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން ބާސާއިން ވަނީ އެ ޓީމުގެ ކޯޗަކަށް ރޮނާލްޑް ކޫމަން ހަމަޖެއްސުމުގެ ކުރިން ޕޮޗެޓީނޯއާއެކު މަޝްވަރާ ކޮށްފައެވެ.

އެކަމަކު ދާދި ފަހުން ޕޮޗެޓިނޯ ވަނީ އަނބުރާ އިނގިރޭސި ޕްރިމިއާ ލީގާ ގުޅެން ބޭނުންވާކަން ހާމަކޮށްފައެވެ. އެހެންކަމުން ޕޮޗެޓީނޯ ބަދަލުވުން އެންމެ ގާތީ ޔުނައިޓެޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2019

ކުޓީނިއޯއަށް ޗެލްސީން ފާރަލަނީ!

21 ޖެނުއަރީ 2019
ކުޓީނިއޯއަށް ޗެލްސީން ފާރަލަނީ!
09 ޑިސެމްބަރު 2018

ވެލްބެކަށް ގަލަސަތަރާއި އިން ފާރަލަނީ!

09 ޑިސެމްބަރު 2018
ވެލްބެކަށް ގަލަސަތަރާއި އިން ފާރަލަނީ!
02 ޑިސެމްބަރު 2018

ބާސާ އިން ކޮމްޕެނީ އަށް ފާރަލަނީ!

02 ޑިސެމްބަރު 2018
ބާސާ އިން ކޮމްޕެނީ އަށް ފާރަލަނީ!
16 ނޮވެމްބަރު 2018

ބަޔާނުން ރަމްސީ އަށް ފާރަލަނީ

16 ނޮވެމްބަރު 2018
ބަޔާނުން ރަމްސީ އަށް ފާރަލަނީ
08 ނޮވެމްބަރު 2018

އިންޓަ އިން މާޝިއާލް އަށް ފާރަލަނީ!

08 ނޮވެމްބަރު 2018
އިންޓަ އިން މާޝިއާލް އަށް ފާރަލަނީ!
22 އޮކްޓޯބަރު 2018

ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!

22 އޮކްޓޯބަރު 2018
ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!
06 އޮކްޓޯބަރު 2018

ކުލަބުން މުސާރަ ނުދޭތީ އިންމަ އެފްއޭއެމަށް

06 އޮކްޓޯބަރު 2018
ކުލަބުން މުސާރަ ނުދޭތީ އިންމަ އެފްއޭއެމަށް
14 ނޮވެމްބަރު 2017

ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!

14 ނޮވެމްބަރު 2017
ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!
23 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި

23 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް