Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަގަނޑޭ ލަނޑު ލިސްޓުގެ ދެވަނައަށް

މެޗުގެ ނިސްބަތުން ދުނިޔޭގެ ލަނޑު ލިސްޓުގެ ދެވަނަ ދަގަނޑޭއަށް

11 އޮކްޓޯބަރު 2020 | އާދީއްތަ 07:43

ދަގަނޑޭ ވަނީ 80 މެޗުން 53 ލަނޑު ޖަހާފައި، ރޭޝިއޯ އަކީ 0.66

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އޮކްޓޯބަރު 2020 | އާދީއްތަ 07:43
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން، މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހޯދައިފިއެވެ.

ދަގަނޑޭ ދެވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ލިއޮނަލް މެސީ އާއި، ނޭމާ ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މެޗުގެ ނިސްބަތުން ލަނޑު ލިސްޓުގެ ދެވަނަ ދަގަނޑޭއަށް ލިބޭއިރު، މީގެ ކުރިން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ މި ލިސްޓުގެ އެއްވަނައިގައި އޮތެވެ. އެކަމަކު އެ އަހަރުގެ މާޗު މަހުން ފެށިގެން ދަގަނޑޭ ގައުމީ ޓީމުން ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އެ ސަސްޕެންޝަން އުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި މާލޭގައި ޗައިނާއާ ދެކޮަޅަށް ކުޅުނު މެޗުންނެވެ.

"ގިވްމީސްޕޯޓްސް" ވެބްސައިޓުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މެޗުގެ ނިސްބަތުން ދުނިޔޭގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ޔޫއޭއީގެ އަލީ މަޚްތޫބެވެ. އޭނާ ވަނީ 83 މެޗުގައި 63 ލަނޑު ޖަހާފައެވެ. ދެވަނައިގައި އޮތް ދަގަނޑޭ ވަނީ 80 މެޗުން 53 ލަނޑު ޖަހާފައެވެ. އަދި ތިންވަނައިގައި އޮތީ 115 މެޗުން 72 ލަނޑު ޖަހާފައިވާ ސުނިލް ޗެތުރީއެވެ. މި ލިސްޓުގެ ހަތަރުވަނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބޭއިރު، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އޮތީ 10 ވަނައިގައެވެ.

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ދަަގަނޑޭ އޮތީ 10 ވަނައިގައެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ 101 ލަނޑު ޖަހައިގެން ރޮނާލްޑޯއެވެ. ދެވަނައިގައި 72 ލަނޑު ޖަހާފައިވާ ޗެތުރީ އޮތްއިރު، ތިންވަނައިގައި އޮތީ 71 ލަނޑު ޖަހާފައިވާ މެސީއެވެ.

ދަގަނޑޭ މިހާތަނަށް ގައުމީ ޓީމަށް 53 ލަނޑު ޖަހާފައިވާއިރު، އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ދަގަނޑޭ ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ޕްރީ-ޕްރިމިލަނަރީގައި މާލޭގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައިގެން އެއް މެޗެއްގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް 20 ލަނޑު ޖަހައިގެން އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިހާތަނަށް ހަ ފަހަރު ހޯދާފައެވެ. ދަގަނޑޭ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ދިވެހި ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް