Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ބަޖެޓު އުނިކުރުން

ކުޅިވަރުގެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުން 200 މިލިޔަން ވަނީ އުނިކޮށްފައި: މަޙްލޫފް

5 އޮކްޓޯބަރު 2020 | ހޯމަ 12:06

ކޮވިޑް-19 ގެ ހާލަތާއެކު 500 މިލިޔަނުގެ ބަޖެޓުން 200 މިލިޔަނަށް ވުރެންވެސް ބޮޑު އެއްޗެއް އުނިކުރަން ޖެހުނު

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 5 އޮކްޓޯބަރު 2020 | ހޯމަ 12:06
ދާދި ފަހުން ގިނަ ރަށްތަކެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ދާދި ފަހުން ގިނަ ރަށްތަކެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

މި އަހަރަކީ ކުޅިވަރަށް މީގެ ކުރިން ދުވަހަކުވެސް ނާންނާނެ ވަރުގެ ބޮޑެތި ބިޔަ މަޝްރޫއުތަކެއް ހިންގުމަށް ކަނޑައެޅުނު އަހަރެއް ކަމަށާއި، އެގޮތުން ކުޅިވަރުގެ އެކި މަޝްރޫއުތައް ހިންގުމަށް 500 މިލިޔަނުގެ ބަޖެޓެއް މި އަހަރު ކަނޑައެޅިގެން ދިޔަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕޮރޮގްރާމުގައި ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު 500 މިލިޔަނުގެ ބަޖެޓުން 200 މިލިޔަނަށް ވުރެންވެސް ބޮޑު އެއްޗެއް އުނިކުރަން ޖެހުނު ކަމަށެވެ.

މިހާރުވެސް ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި ގިނަ މަޝްރޫއުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތައް ހިމެނޭއިރު، ވަޒީރު ވިދާޅުވީ މި ހާލަތު ނައިނަމަ ކުޅިވަރުގެ އާއިލާއަށް ފެނިގެންދާނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުތައް އަދި ތަފާތު އެކި އެރީނާތަކާއި އައުޓްޑޯ ޖިމްތައް މިހާރުވެސް ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާއިރު، ބަޖެޓް އުނިކުރަން ޖެހުމުން ޓާފް ފުޓްބޯޅަ ދަނޑުތަކާއި، ވޮލީބޯޅަ އަދި ބާސްކެޓްބޯޅައިގެ އިންޑޯގެ އިތުރުން ފުވައްމުލަކުގައި އެޅުމަށް ހަމަޖެހުނު ސިންތެޓިކް ޓްރެކް ނުފަށާ ފަސްކުރަން ޖެހުނު ކަމަށެވެ.

އެކަމަކުވެސް އުންމީދަކީ ވީހާވެސް އަވަހަށް އެކަންކަން ފެށިގެންދިޔުން ކަމަށާއި، މި މަސައްކަތްތައް ނުފެށުނު ނަމަވެސް، ބައިނަލްއަގުވާމީ ފެންވަރުގެ ބިލްއާޑް އެރީނާ އަކާއި، ނެޓްބޯޅަ ކުޅޭނެ އެންމެ ރަނގަޅު ފެންވަރުގެ ކޯޓެއް ލިބުމަކީވެސް ހިތްހަމަޖެހުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޒަމާނުއްސުރެން މާލޭގައި ކުޅިވަރުގެ ބޮޑެތި ވަސީލަތްތައް ގާއިމުކުރުމަށް ގެންގުޅެމުން އައި ވިސްނުން ބަދަލުކޮށް، އަތޮޅުތެރޭގައި ކުޅިވަރު ކުޅޭނެ ރަނގަޅު ފެންވަރުގެ ވަސީލަތް ގާއިމުކުރެވިގެން ދިޔުމަކީވެސް މި ވަގުތަށް އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެ އާއި ރާއްޖެއަށްވެސް ބޮޑު އަސަރެއް ކޮށްފައިވާއިރު، ވަކިވަކި ކަންކަމުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނީ ކުޅިވަރުގެ ދާއިރާއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި މާޗު މަހުން ފެށިގެން ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރެވިފައިވާއިރު، ވަޒީރު ވިދާޅުވީ މި ހާލަތާއެކު މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރުގެ ބޮޑެތި މަޝްރޫއުތައް ލަސްވެގެންދާނެ ކަމަށާއި، ކުޅިވަރަށް ބޮޑު ހޭދައެއް ކުރަން އެއީ އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށެވެ.

މި ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ބޮޑު ހޭދައެއް މިދިޔަ އަހަރު ކޮށްފައިވާއިރު، އެސޯސިއޭޝަންތަކުގެ ބަޖެޓުވެސް ވަނީ ވަރަށް ބޮޑުތަން އިތުރު ކޮށްދީފައެވެ. އެކަމަކު މިއަހަރު އެސޯސިއޭޝަންތަކަށް ދޭނެ ފައިސާގެ އަދަދުތައް އެއްބަސްވެފައިވީ ނަމަވެސް، އެ އަދަދުތައް ދެން ނުދެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2018

ސުނާމީގައި މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް

23 ޑިސެމްބަރު 2018
ސުނާމީގައި މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް
09 ޑިސެމްބަރު 2018

ކޭން ހޯދުމަށް ބާސާ އިން 200 މިލިއަން ޕައުންޑު ހުށަހަޅަނީ!

09 ޑިސެމްބަރު 2018
ކޭން ހޯދުމަށް ބާސާ އިން 200 މިލިއަން ޕައުންޑު ހުށަހަޅަނީ!
03 އެޕްރީލު 2018

އޭޝިއަން ގޭމްސްއަށް 200 އެތުލީޓުން، މިއީ އައިއޯއައިޖީއަށް ތައްޔާރުވާން ލިބޭ ބޮޑު ފުރުސަތެއް

03 އެޕްރީލު 2018
އޭޝިއަން ގޭމްސްއަށް 200 އެތުލީޓުން، މިއީ އައިއޯއައިޖީއަށް ތައްޔާރުވާން ލިބޭ ބޮޑު ފުރުސަތެއް
17 ފެބުރުއަރީ 2018

ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ

17 ފެބުރުއަރީ 2018
ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ
29 ޑިސެމްބަރު 2017

ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ

29 ޑިސެމްބަރު 2017
ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ
17 އޮކްޓޯބަރު 2017

2009 ވަނަ އަހަރަށްފަހު ޕާކިސްތާނަށް ދާން ސްރީލަންކާ ކްރިކެޓް ޓީމު އެއްބަސްވެއްޖެ

17 އޮކްޓޯބަރު 2017
2009 ވަނަ އަހަރަށްފަހު ޕާކިސްތާނަށް ދާން ސްރީލަންކާ ކްރިކެޓް ޓީމު އެއްބަސްވެއްޖެ
08 ޖުލައި 2017

ސާއިދު އަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވި!

08 ޖުލައި 2017
ސާއިދު އަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވި!
23 މެއި 2017

އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި

23 މެއި 2017
އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި
18 މެއި 2017

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

18 މެއި 2017
ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް